ކ. މާލެ
|
21 ޖެނުއަރީ 2025 | އަންގާރަ 09:11
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އެންޓޮނީ
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އެންޓޮނީ
ރޮއިޓާސް
މެންޗެސްޓަރ ޔުނައިޓެޑު
ލޯނު އެއްބަސްވުމެއްގެ ދަށުން، އެންޓޮނީ ރެއާލް ބެޓިސް އަށް
ޔުނައިޓެޑުން އެންޓޮނީ ދޫކޮށްލަނީ ލޯނު އެއްބަސްވުމެއްގެ ދަށުން މިއަަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ މުއްދަތު ހަމަވުމުން އަލުން އެންޓޮނީ އެނބުރި ޔުނައިޓެޑަށް އަންނާނެ އެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ އެންޓޮނީ، ލޯނު އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ރެއާލް ބެޓިސް އަށް ދޫކޮށްލަން ޔުނައިޓެޑުން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އަޔެކްސް ދޫކޮށްލުމަށްފަހު އެންޓޮނީ ޔުނައިޓެޑަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނަާ ސޮއި ކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ލޯނު އެއްބަސްވުމެއްގެ ދަށުން އެންޓޮނީ، ރެއާލް ބެޓިސް އަސް ދޫކޮށްލަން މިހާރު ޔުނައިޓެޑުން ވަނީ އެއްބަސްވެފަ އެވެ. ދެ ކުލަބުގެ ދެ މެދުގައި އެކަމާ ގުޅުންް ހުރި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު، އެކަމުގައި މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. އަދި އެންޓޮނީ ވެސް ހުރީ ލޯނު އެއްބަސްވުމެއްގެ ދަށުން ރެއާލް ބެޓިސް އަށް ބަދަލުވާން ރުހިގެން ކަމަށް މީޑިއާ ތަކުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެންޓޮނީގެ އެއްބަސްވުމާ ގުޅުން ހުރި ކަންކަން ފައިނަލް ކުރެވޭނެ އެވެ. އަދި ރެއާލް ބެޓިސް އަށް ބަދަލުވުމުގެ ކުރިން އޭނާ ފުރިހަމަ ކުރަން ޖެހޭ މެޑިކަލްގެ ކަންކަން ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފުރިހަމަ ކުރާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ޔުނައިޓެޑުން އެންޓޮނީ ދޫކޮށްލަނީ ލޯނު އެއްބަސްވުމެއްގެ ދަށުން މިއަަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ މުއްދަތު ހަމަވުމުން އަލުން އެންޓޮނީ އެނބުރި ޔުނައިޓެޑަށް އަންނާނެ އެވެ. އަދި ދާއިމީ ގޮތެއްގައި އެންޓޮނީ ހޯދޭނެ މާއްދާ އެއްބަސްވުމުގައި ނުހިމަނާނެ ކަމަށް ވެސް މީޑިއާ ތަކުގައި ބުނެފައިވެ އެވެ.

އެންޓޮނީ ވަނީ އޭނާ ޔުނައިޓެޑަށް ކުޅެދިން 96 މެޗުގައި 12 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ އެފްއޭ ކަޕްގެ އިތުރުން، ކަރަބޯ ކަޕެއް ވެސް ކާމިޔާބު ކޮށްފަ އެވެ.

- ކޮމެންޓް