ކ. މާލެ
|
19 ޖެނުއަރީ 2025 | އާދީއްތަ 18:41
ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޢައިބް ޙުސައިން ޒަކަރިއްޔާ
ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޢައިބް ޙުސައިން ޒަކަރިއްޔާ
ޖޭއެސްސީ
ފަނޑިޔާރު ޝުއައިބު
ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު އަވަހާރަވެއްޖެ
ކުރީގެ ފަނޑިޔާރު ޝުއައިބު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް
ފަނޑިޔާރުކަމުން ރިޓަޔަރ ކުރެއްވީ ނޮވެމްބަރު 22، 2022 ގައި
ފަނޑިޔާރު ކަމުގެ މަޤާމުގައި 20 އަހަރަށްވުރެ ގިނަދުވަހު ޝުއައިބު ވަނީ ޚިދުމަތް ކުރައްވާފައި

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަވަހާރަވެއްޖެއެވެ.

ކުރީގެ ފަނޑިޔާރު ޝުއައިބު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ޝުއައިބު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުނީ މާޗް 26، 2011 ވަނަ އަހަރުއެވެ. އަދި އޭނާ ވަނީ 11 އަހަރު ވަންދެން ހައިކޯޓުގައި ހިދުމަތް ކުރައްވާފައެވެ. އަދި ފަނޑިޔާރު ޝުއައިބު އުމުރުފުޅުން 55 އަހަރުވުމުން އަމިއްލައަށް އެދިވަޑައި ރިޓަޔަރ ކުރެއްވިއެވެ.

އަމިއްލައަށް ރިޓަޔރަކުރައްވަން އެދިވަޑައިގަތީވެސް "އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިވަޑައިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްޙީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ ދަށުން ސިއްޙީ ސަބަބުތަކާ ގުޅިގެންނެވެ.

އޭނާ ރިޓަޔަރ ކުރެއްވީ ނޮވެމްބަރު 22، 2022 ގައެވެ.

ފަނޑިޔާރު ޝުއައިބު އަކީ 1 ޖޫން 1999 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ފަނޑިޔާރެކެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝުއައިބު ޢައްޔަންކޮށްފައިވަނީ 26 މާރޗު 2011 ވަނަ ދުވަހުއެވެ. އެހެން ކަމުން ފަނޑިޔާރު ކަމުގެ މަޤާމުގައި 20 އަހަރަށްވުރެ ގިނަދުވަހު ޝުއައިބު ވަނީ ޚިދުމަތް ކުރައްވާފައިވެއެވެ.

މީގެ އިތުރުން ކުރިން އުފައްދާފައި އޮތް ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ކަންވެސް އެނާ ވަނީ ކުރައްވާފައެވެ.

- ކޮމެންޓް