ކ. މާލެ
|
21 އޯގަސްޓް 2017 | ހޯމަ 12:57
"ވޮންޑާ ވުމަން" ގެ ޕޯސްޓަރެއް
"ވޮންޑާ ވުމަން" ގެ ޕޯސްޓަރެއް
ގޫގުލް
"ވޮންޑާ ވުމަން2"
"ވޮންޑާ ވުމަން2"ގެ ޑައިރެކްޓަރަކީ ޕެޓީ ޖެންކިންސް؟
ފުރަތަމަ ފިލްމަށް ވަނީ ރަނގަޅު އާމްދަނީއެއް ލިބިފައި

"ވޮންޑާ ވުމަން2" ގެ ޑައިރެކްޓަރަކީ ޕެޓީ ޖެންކިންސް ކަމަށް ޚަބަރުތައް ބުނެފިއެވެ.

މިފިލްމަށް ޑައިރެކްޓަރަކު ހޯދުމަށް މަސައްކަތް ކުރަމުންދާކަމުގެ އަޑުތައް މީގެ ކުރިން ވަނީ ފެތުރިފައެވެ. ޚަބަރުތައް ބުނާގޮތުގައި މި ފިލްމު ޑައިރެކްޓް ކުރުމަށް ޕެޓީ ޖެންކިންސް މިހާރު ވަނީ ހަމަޖައްސާފައެވެ.

"ވޮންޑާ ވުމަން2" ސިނަމާތަކަށް އަންނާނެކަމަށް ކޮމިކް-ކޮން ފެއާގައި ބުނެފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

"ވޮންޑާ ވުމަން"ގެ ފުރަތަމަ ފިލްމުގެ ޑައިރެކްޓަރަކީވެސް އޭނާއެވެ. އެ ފިލްމަށް ވަނީ 770 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ.

"ވޮންޑާ ވުމަން" ގެ ފުރަތަމަ ފިލްމުގައި ސްޓީވްގެ ފްލައިޓެއް ޑަޔާނާގެ ޕްލެނެޓަށް ވެއްޓުމުން ދެން ހިނގާ ކަންތައް ފެނިގެންދެއެވެ. ދުނިޔޭގައި ކުރިއަށް ދާ ހަނގުރާމަ، އެއް ވަނަ ބޮޑު ހަނގުރާމަ ހިންގަނީ "އޭރީސް- ގޯޑް އޮފް ވޯރ" ކަމަށް ބުނެ، ޑަޔާނާ ދުނިޔެ ސަލާމަތް ކުރުމަށް ލަންޑަނަށް ދެއެވެ.

"ވޮންޑަރ ވުމަން" ރިލީޒް ކޮށްފައިވަނީ 2 ޖޫން، 2017 ގައެވެ.

- ކޮމެންޓް