ކ. މާލެ
|
21 އޯގަސްޓް 2017 | ހޯމަ 13:10
ވީއައިޕީ 2 ގެ ޕޯސްޓަރެއް
ވީއައިޕީ 2 ގެ ޕޯސްޓަރެއް
ގޫގުލް
"ވީއައިޕީ2"
ކާޖޮލްގެ 'ވީއައިޕީ 2'  ކާމިޔާބު!
ފުރަތަމަ އެޅުވި ދުވަހުވެސް ވަނީ 4.25 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައި

ކާޖޮލްގެ 2 ވަނަ ތަމަޅަ ފިލްމް ވެއްލައި އިއްލަ ޕައްޓަދާރީ 2 (ވީއައިޕީ 2) އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

މިފިލްމު ސިނަމާތަކަށް އައިސްފައި ވަނީ މިދިޔަ ހުކުރު ދުވަހުގައެވެ. މި ފިލްމު ފުރަތަމަ އެޅުވި ދުވަހުވެސް ވަނީ 4.25 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ.

ކާޖޮލް އެންމެ ފުރަތަމަ ތަމަޅަ ފިލްމެއް ކުޅެފައިވަނީ މީގެ 20 އަހަރު ކުރިންނެވެ. އެއީ އަރްވިންދް ސްވާމީ އާއި ޕްރަބޫދޭވާއާ އެކު ކުޅުނު "މިންސަރަ ކަނަވޫ" އެވެ.

މި ފިލްމުގައި ކާޖޮލްގެ އިތުރުން ސައުތު އިންޑިއާގެ ބަތަލު ދަނޫޝް ވެސް ފެނިގެން ދާނެއެވެ.

"ވީއައިޕީ" ގައި ކާޖޮލް ފެނިގެން ދާނީ ވަރަށް ނުފޫޒު ގަދަ އަންހެން ވިޔަފާވެރިއެއްގެ ރޯލުންނެވެ. މިއީ 2015 ގައި ރިލީޒް ކުރި "ދިލްވާލޭ" އަށް ފަހު ކާޖޮލް ފެނިގެންދާ ފުރަތަމަ ފިލްމެވެ.

މިފިލްމުގެ ސްކްރިޕްޓް ލިޔެ ކޯ ޕްރޮޑިއުސް ކޮށްފައިވަނީ ފިލްމުގެ އެކްޓަރުގެ ގޮތުގައި ފެނިގެންދާ ދަނުޝްއެވެ.

ހިންދީ ބަހުން ޑަބްކޮށްގެން ވެސް ފިލްމް ރިލީޒް ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިއީ ވެއްލައި އިއްލަ ޕައްޓަދާރީ(ވީއަޕީ) ގެ ދެވަނަ ސީކުއެލްއެވެ. "ވީއައިޕީ" ނެރެފައިވަނީ 2014 ވަނަ އަހަރުގައެވެ.

- ކޮމެންޓް