ކ. މާލެ
|
16 ޖެނުއަރީ 2025 | ބުރާސްފަތި 13:50
ބްރޯޑްކޮމްއަށް އައްޔަންކުރަން ރުހުންދިން މުހައްމާ (m) ރައީސްއާއެކު އަދި ސަރާހަތު (ވ)
ބްރޯޑްކޮމްއަށް އައްޔަންކުރަން ރުހުންދިން މުހައްމާ (m) ރައީސްއާއެކު އަދި ސަރާހަތު (ވ)
ރާއްޖެއެމްވީ
ބްރޯޑްކޮމް މެންބަރުން އައްޔަންކުރުން
ސަރާހަތުއާއި މުހައްމަދު ބްރޯޑްކޮމްއަށް އައްޔަންކުރަން މަޖިލީހުން ރުހުންދީފި
ޝިފްޒާއަށް ރުހުން ނުދޭން ޕީއެންސީގެ 50 މެންބަރުން ވަނީ ވޯޓު ދީފައިވޭ
މުހައްމާ އަކީ ރައީސް އިހްތިޔާރުކުރި ނަމެއް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަދި ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ބްރޯޑްކޯމްގެ ދެ މަގާމު ހުސްވީ އެ ކޮމިޝަންގެ ރައީސާއަކަށް ހުންނެވި މަރިޔަމް ވަހީދާއާއި އެ ކޮމިޝަންގެ މެންބަރު އަލީ ޔޫސުފްގެ ދައުރު މިދިޔަ ޑިސެންބަރު މަހުގެ ފަހަކަށް ހަމަވުމުންނެވެ.

އެހެންކަމުން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައީސްއަށް ފެނިވަޑައިގަންނަވާ ދެ ނަމެއް ހިމަނައި ތަރުތީބުން ލިސްޓް މަޖިލީހަށް ފޮނުވިއެވެ. އެގޮތުން ރައީސް ފޮނުއްވި ލިސްޓުގެ ކުރީގައި އިނީ މުހައްމާގެ ނަމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ތަރުޖަމާނުކަން ކުރެއްވި އިބްރާހީމް މުއާޒު އަލީ (ޓީވީ މުއާ) އެވެ.

ނަމަވެސް އިންޓަރވިއު މަރުހަލާގައި މުއާޒުގެ ނަންވަނީ ކަޓާފައެވެ. އެހެންކަމުން އިންޓަރވިއުކޮށް ކޮމިޓީން މާކްސް ދިން ގޮތަށް ބަލާއިރު ކުރީގައި އިނީ ސަރާހަތެވެ. އޭގެ އިތުރުން ދެވަނައިގައި ނޫސްވެރިޔާ ޝިފްޒާ މުސްތަފާ އަދި ތިންވަނަައިގައި އިނީ މުހައްމާއެވެ.

ބްރޯޑްކޮމްއަށް އައްޔަންކުރަން ރުހުން ހޯދުމަށް ސަރާހަތަށް ވޯޓަށް އެހުމުން 68 މެންބަރަކު ވަނީ ވޯޓްދެއްވާފައެވެ. އަދި ޝިފްޒާއަށް ވޯޓަށް އެހުމުން އޭނާ އަށް ރުހުން ދިނުމަށް ވޯޓު ދީފައިވަނީ އެމްޑީޕީގެ 11 މެންބަރުންނެވެ. އަދި އޭނާ އަށް ރުހުން ނުދޭން ޕީއެންސީގެ 50 މެންބަރުން ވަނީ ވޯޓު ދީފައެވެ.

ނަމަވެސް މީޑިއާ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތް މުހައްމާ އަށް ރުހުން ދިނުމަށް 58 މެންބަރުން ވަނީ ވޯޓު ދީފައެވެ.

- ކޮމެންޓް