ކ. މާލެ
|
13 ޖެނުއަރީ 2025 | ހޯމަ 22:50
ރައީސް ސާލިހު އެމްޑީޕީގެ އެއްވުމެއްގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ސާލިހު އެމްޑީޕީގެ އެއްވުމެއްގައި ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ
ޕީއެންސީން ވަގުފޯމު ހުށަހެޅުން
އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނީ ޒިންމާ ފުރިހަމައަށް އެބަ އަދާ ކުރޭތޯ ރައީސް ސާލިހް ސުވާލު އުފައްދަވައިފި
އިލެކްޝަން ކޮމިޝަސްނަކީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ވާން އެބަޖެހޭ

އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނީ ޒިންމާ ފުރިހަމައަށް އެބަ އަދާ ކުރޭތޯ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ސުވާލު އުފައްދަވައިފިއެވެ.

ކުރީގެ ރައީސް މިހެން ވިދާޅުވީ، ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ގިނަ އަދަދެއްގެ ބަޔަކު އެމީހުންނަށް ނޭނގި ވަގަށް ވައްދަމުންދާ އެތައް މައްސަލަ އެއް ފެންމަތިވެފައިވަނިކޮށް، އެމްޑީޕީ އަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދުގެ ނަމުގައިވެސް ވަގު ފޯމެއް އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީން ހުށަހެޅިކަން ފަޅާއެރި ދަނޑިވަޅެއްގައެވެ.

ރައީސް ސާލިހް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އާންމު އެތައް ރައްޔިތެއްގެ ޒާތީ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް އޮޅުވާލައިގެން ޕީއެންސީ އަށް މީހުން އެބަ ވައްދާ ކަމަށެވެ.

"އެންމެ ފަހުން މިއެނގުނީ އެމްޑީޕީ އަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުވެސް އޮޅުވާލައިގެން ޕީއެންސީއަށް ވެއްދި ވާހަކައެވެ."

ރައީސް ސާލިހް ވިދާޅުވީ އިލެކްޝަން ކޮމިޝަސްނަކީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ވާން އެބަޖެހޭ ކަމަށެވެ.

އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން ގިނަ އަދަދަކަށް ޕީއެންސީ އަށް ވަގަށް ވައްދަމުން ދާ މައްސަލަ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ އިރު އިލެކްޝަންސް ކޮމިޝަންގެ އިތުބާރު ގެއްލެމުންދާ ކަމަށް އާންމުންގެ ގިނަ ބަޔަކުވެސް އަންނަނީ ބުނަމުންނެވެ.

- ކޮމެންޓް