ކ. މާލެ
|
12 ޖެނުއަރީ 2025 | އާދީއްތަ 18:42
ފެނަަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރް ހުސައިން ޒުހުރީ. ފޮޓޯ: ފެނަކަ
ފެނަަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރް ހުސައިން ޒުހުރީ. ފޮޓޯ: ފެނަކަ
ފެނަކަ
ފެނަކަ ޑީއެމްޑީ އިސްތިއުފާދިނުން
ފެނަކައިގެ ޑީއެމްޑީ އިސްތިއުފާ ދެއްވައިފި
ޒުހުރީ އިސްތިއުފާ ދެއްވިކަން ހާމަކޮށްފައިވަނީ ފެނަކަ އިން މިއަދު ސޯޝަލް މީޑިއާގައި (އިންސްޓަގްރާމް) ގައި ކުރި ޕޯސްޓެއްގައި

ފެނަަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން ޒުހުރީ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނަ އިސްތިއުފާ ދެއްވުމާ ގުޅިގެން ފެނަކަ އިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ފާއިތުވި ތަނުގައި ކުންފުންޏަށް ޒުހުރީ ކޮށް ދެއްވި ހިދުމަތަށް ޝުކުރު އަދާކޮށްފަ އެވެ.

އޭނަ އިސްތިއުފާ ދެއްވި ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް ނުލިބެ އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދު މިދިޔަ މަހުގެ 23 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ހަމަ އެ ދުވަހު ސަރުކާރުން ވަނީ މޭޖަރ ރިޓަޔާޑް މުހައްމަދު ނަޖާހު އައްޔަންކޮށްފަ އެވެ.

- ކޮމެންޓް