ކ. މާލެ
|
11 ޖެނުއަރީ 2025 | ހޮނިހިރު 00:34
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު
ރާއްޖެއެމްވީ
ހުސެއިން އަމްރު
އަމްރު އަލުން އެމްޑީޕީ އަށް
އަމްރުގެ އިތުރުން އެހެން ބައެއް ބޭފުޅުންވެސް ޑިމޮކްރެޓްސް އިން ވަކިވެ އަލުން އެމްޑީޕީ އާއި ގުޅެން އުޅޭކަމުގެ އަޑުތައް މި ދަނޑިވަޅުގައި ދަނީ ފެތުރެމުން
ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ އަމްރުއަށް މަރުޚަބާ ދަންނަވާފަ

އެމްޑީޕީ ސަރުކާރުގެ އެސްޓީއޯގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އަނެއްކާވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އާއި ގުޅިވަޑައިގަންނަވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކުންފުންޏެއްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވުމަށް ފަހު އަމްރު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް އާ ގުޅިވަޑައިގަންނަވާފައެވެ.

އެހެންނަމަވެސް އޭނާ ވަނީ މިހާރު އަލުން އަނބުރާ އެމްޑީޕީ އާއި ގުޅިވަޑައިގަންނަވާފައެވެ.

އަމްރު ވަނީ އޭނާ އަލުން އެމްޑީޕީ އަށް ސޮއިކުރެއްވިކަން މި ނޫހަށް ކަށަވަރު ކޮށްދެއްވާފައެވެ.

ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ އަމްރުއަށް މަރުޚަބާ ދަންނަވާފައެވެ.

ހަމައެހެންމެ ސިޔާސީ އިސްލާހީ މަސައްކަތުގަ އަބަދުވެސް އެންމެ މުހިއްމު މަސައްކަތެއް ކުރެވޭނެ ޖާގަ އޮންނާނީ އެމް.ޑީ.ޕީ.ގަ ކަމަށް ނިޔާޒް ވަނީ ވިދާޅުވެފައެވެ. އަދި އެ ފުރުސަތު ސިޔާސީ ކުރިމަގު ހޯދަން އެދޭ ކޮންމެ މީހަކަށް އެމް.ޑީ.ގަ ތައްމިނަށް ވަނީ އެ ފުރުސަތު ހުޅުވާލާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އަމްރުއަކީ 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރި ދިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބްގެ ރަނިންމޭޓެވެ.

އަމްރު އަލުން އެމްޑީޕީ އާއި ގުޅިވަޑައިގަންނަވާފައި މި ވަނީ ނުރަސްމީކޮށް ބައެއް ކަންކަމުގައި އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ޤާނޫނު އަސާސީގެ ދިފާއުގައި މަސައްކަތްކުރުމުގައި ދެ ޕާޓީގެ ޚިޔާލު އެއްގޮތްކަން ފާހަގަކޮށްލެވެއެވެ.

ޑިމޮކްރެޓްސް އުފައްދާފައި ވަނީ އެމްޑީޕީގެ ތެރޭގައި އުފެދުނު ބައެއް ޚިޔާލުތަފާތުވުންތަކަށް ފަހު އެ ޕާޓީން ވަކިވި އެމްޑީޕީގައި އިސްކޮށް އުޅުނު ބައެއް ބޭފުޅުންނާއި އެކުގައެވެ.

އަމްރުގެ އިތުރުން އެހެން ބައެއް ބޭފުޅުންވެސް ޑިމޮކްރެޓްސް އިން ވަކިވެ އަލުން އެމްޑީޕީ އާއި ގުޅެން އުޅޭކަމުގެ އަޑުތައް މި ދަނޑިވަޅުގައި ދަނީ ފެތުރެމުންނެވެ.

- ކޮމެންޓް