ކ. މާލެ
|
29 އޮކްޓޯބަރ 2024 | އަންގާރަ 09:38
ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރި ސްޕެއިންގެ ރޮޑްރީ
ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރި ސްޕެއިންގެ ރޮޑްރީ
ރޮއިޓާސް
ބެލެންޑިއޯ އެވޯޑު
ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރީ ރޮޑްރީ
ބެލެންޑިއޯ އެވޯޑު ހަފުލާގައި ރޮޑްރީ އެވޯޑު ކާމިޔާބު ކޮށްފައި ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ އަދި އިންގްލެންޑުގެ ޖޫޑް ބެލިންހަމްއާ ވާދަކޮށެވެ.

ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު، މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު ރޮޑްރީ ކާމިޔާބު ކޮށްފި އެވެ.

ފްރާންސްގެ ވެރި ރަށް ޕެރިހުގައި ހޯމަ ދުވަހުގެ ރޭ އޮތް ބެލެންޑިއޯ އެވޯޑު ހަފުލާގައި ރޮޑްރީ އެވޯޑު ކާމިޔާބު ކޮށްފައި ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ އަދި އިންގްލެންޑުގެ ޖޫޑް ބެލިންހަމްއާ ވާދަކޮށެވެ. ވިނީޝިއުސް އަށް ބެލެންޑިއޯ އެވޯޑު ނުލިބޭކަން ކުރިން އެނގުމާ އެކު ރެއާލް އިން އެވޯޑު ހަފުލާ އަށް ޙާޟިރުވެފައެއް ނުވެ އެވެ.

ބެލެންޑިއޯ އެވޯޑި ކާމިޔާބު ކުރި ރޮޑްރީ ވަނީ ކުލަބުގެ އިތުރުން ޤައުމީ ޓީމާ އެކު ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން އޭނާ ވަނީ މެންޗެސްޓަރ ސިޓީ އާއެކު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކޮށްފަ އެވެ. މިއަހަރު ޖަރުމަނުގައި ކުރިއަށް ދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް ރޮޑްރީ ވަނީ ސްޕެއިން އާއެކު ކާމިޔާބު ކޮށްފަ އެވެ. އެ މުބާރާތުގައި ރޮޑްރީ މޮޅު ކުޅުމެއް ދެއްކިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ.

މިއަހަރުގެ ބެލެންޑިއޯ އެވޯޑު ރޮޑްރީ ކާާމިޔާބު ކުރުމާއެކު، އޭނާ ވެގެން ގޮސްފައި ވަނީ އެތައް އަހަރަކަށް ފަހު ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރި ސްޕެއިންގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ރޮޑްރީގެ ކުރިން ސްޕެއިންގެ ކުޅުންތެރިޔަކަށް ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރެވުނީ 1960 ވަނަ އަހަރު އެވެ. އެ އަހަރުގެ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރީ ސްޕެއިން އަދި ބާސެލޯނާގެ ލުއިސް ސުއަރޭޒް އެވެ.

މީގެ އިތުރުން މިއަހަރުގެ އަންހެން ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރީ ސްޕެއިން އަދި ބާސެލޯނާ އަށް ކުޅެމުން އަންނަ އައިޓާނާ ބޮންމާޓީ އެވެ. މިދިޔަ އަހަރުގެ ބެލެންޑިއޯ އެވޯޑު ވެސް ކާމިޔާބު ކުރީ ބޮންމާޓީ އެވެ.

- ކޮމެންޓް