އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ 2 ފުރުސަތު ލިބޭ ލަކީ ޑްރޯއެއް އިއުލާނުކޮށްފިއެވެ.
ދޯހާ މެރެތަން 2025 އޮންނާނީ 17 ޖަނަވަރީ 2025 ގައި ގަތަރުގައެވެ. މިލަކީ ޑްރޯގައި ބައިވެރިވުމަށްޓަކައި އުރީދޫ ވެބްސައިޓު މެދުވެރިކޮށް 26 އޮކްޓޯބަރއިން ފެށިގެން 26 ނޮވެމްބަރ 2024 ގެ 23:59 އާއި ހަމައަށް ބައިވެރިވެވޭނެއެވެ. އަދި ނަސީބުވެރި 2 ފަރާތަށް ދޯހާ މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ލަކީ ޑްރޯގައި ބައިވެރިވުމުގެ ޝަރުތުތައް:
- އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރެއްގެ ގޮތުގައި މަދުވެގެން 1 އެއްއަހަރު ދުވަހުހުރުން، ލަސްވެގެން 1 އޮކްޓޯބަރ 2023އިން ފެށިގެން
- ދޯހާ މެރެތަންގައި ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވުމުގެ ގާބިލްކަން ހުރުން (ސިއްހީ ގޮތުން)، މީގެ ކުރިން ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވެފައިވުން.
- ގަތަރަށް އެތެރެވުމުގެ ޝަރުތުތައް ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮތުން
- 26 އޮކްޓޫބަރ 2024 ގެ 23:59ގެ ކުރިން ލަކީ ޑްރޯގައި ބައިވެރިވުން
ލަކީޑްރޯގައި ބައިވެރިވުމަށް، ތިރީގައިވާ ލިންކަށް ޒިޔާރަތްކޮށްލައްވާ:
ore.do/dohamarathon
ދޯހާ މެރެތަންއާ ގުޅޭ އިތުރު މައިލޫމާތު ހޯދުމަށް: