ކ. މާލެ
|
26 މެއި 2025 | ހޯމަ 19:47
ސެމްސަންގް ވެއަރަބަލްސްގެ ޚިދުމަތް އުރީދޫއިން ތައާރަފުކުރުން
ސެމްސަންގް ވެއަރަބަލްސްގެ ޚިދުމަތް އުރީދޫއިން ތައާރަފުކުރުން
އުރީދޫ
އުރީދޫގެ އައު ޚިދުމަތް
އުރީދޫގެ ފަރާތުން ރާއްޖެއަށް އާ ޚިދުމަތެއް: އީސިމްގެ ޚިދުމަތް ސެމްސަންގް ގަޑިއަށް
މި އިނޮވޭޓިވް ޓެކްނޮލޮޖީއާއެކު ފޯނު ކޯލް ކުރުމާއި ޓެކްސްޓް މެސެޖް ފޮނުވުމާއި މިއުޒިކް ސްޓްރީމް ކުރުމުގެ އިތުރުން ސެމްސަންގް ސްމާޓްވޮޗުން މީހުން ބޭނުންވާ އެޕްލިކޭޝަންތަކާ ގުޅިފައި ތިބެވޭނެ
ސެމްސަންގް އީސިމް ވެއާބަލްގެ ހިދުމަތް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ވެސް ތިން މަސް ދުވަހަށް އެއްވެސް އަގަކާ ނުލައި މިހާރު ލިބޭނެ

އުރީދޫގެ ފަރާތުން ރާއްޖެއަށް މުޅިން އާ ކަމެއް ތައާރަފްކޮށް، ސެމްސަންގ ވެއަރަބަލްސްގެ ޚިދުމަތް ފަށައިފިއެވެ.

މިއީ ރާއްޖޭގައި ސެމްސަންގ ގަޑިއަށް މި ޚިދުމަތް ތައާރަފު ކުރި ފުރަތަމަ ފަހަރެވެ. މިއީ ކަސްޓަމަރުންނަށް ސްމާޓްވޮޗުން ސީދާ ގުޅާލެވުމުގެ ފުރުސަތު ފަހިކޮށްދީ، ފޯނު ކައިރީގައި ނެތް ވަގުތު ތަކުގައިވެސް ކަނެކްޓް ވެފައި ހުރުން ޔަގީންކޮށްދޭ ޚިދުމަތެކެވެ. މި ހިދުމަތް ލިބިގެންދާނީ ރާއްޖެ ސަރަހައްދަށް ބޭނުންކުރެވޭ ސެމްސަންގް ވޮޗް އަލްޓްރާ 7 އެލްޓީއީ ޑިވައިސްތަކަށެވެ.

އުރީދޫއިން ބުނީ، މި އިނޮވޭޓިވް ޓެކްނޮލޮޖީއާއެކު ފޯނު ކޯލް ކުރުމާއި ޓެކްސްޓް މެސެޖް ފޮނުވުމާއި މިއުޒިކް ސްޓްރީމް ކުރުމުގެ އިތުރުން ސެމްސަންގް ސްމާޓްވޮޗުން މީހުން ބޭނުންވާ އެޕްލިކޭޝަންތަކާ ގުޅިފައި ތިބެވޭނެކަމަށެވެ. އަދި އީސިމް ކެޕޭބިލިޓީގެ ސަބަބުން ފަސޭހަކަމާއެކު ކަނެކްޓިވިޓީ ލިބި، ބޭނުންކުރާ ފަރާތްތަކަށް އިތުރު މިނިވަންކަމާއި ލުއިފަސޭހަކަން ލިބިގެންދާނެކަމަށްވެސް އުރީދޫއިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް- ހަމާދީ ވިދާޅުވީ، އާންމު ދިރިއުޅުން ކުރިއަރުވައި ހަގީގީ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ ވިސްނުމަށް އެހީތެރިވެދޭ ޒަމާނީ ޓެކްނޮލޮޖީ ތައާރަފް ކުރުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށެވެ.

ސެމްސަންގް އީސިމް ވެއާބަލްސް ތައާރަފްކުރުމަކީ ކަސްޓަމަރުން ގުޅިފައި ތިބުމަށާއި، ސިއްހަތު މޮނިޓާކޮށް، އެމީހުންގެ ދިރިއުޅުން މިހާރަށްވުރެ ފަސޭހަކަމާއި މިނިވަންކަމާ އެކު ބެލެހެއްޓުމަށް ބާރުއެޅުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް- ހަމާދީ

މީގެ އިތުރުން ސެމްސަންގް ސްރީލަންކާ އާއި ރާއްޖޭގެ މެނޭޖިން ޑިރެކްޓަރު ސަންގްވާ ސޯންގް ވިދާޅުވީ، ސެމްސަންގް އަކީ އީޖާދީ ވެއާބަލް ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް ހާއްސަ ކޮށްފައިވާ ކުންފުންޏެއް ކަމަށާއި، އެ ޓެކްނޮލޮޖީގެ ސަބަބުން އާންމު ދިރިއުޅުން ހަރުދަނާ ކޮށްދޭ ކަމަށެވެ. އަދި އުރީދޫ މޯލްޑިވްސްއާއި ގުޅިގެން ސްމާޓްވޮޗްތަކަށް އީސިމް ގެ ފަންކްޝަނަލިޓީ ތަޢާރަފްކޮށް، ފޯނު ބޭނުންނުކޮށް، ކޮންމެ ތަނަކަށް ވިޔަސް، ގުޅާލެވިގެން ތިބެވޭނެ މަގު ފަހިކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ސަންގްވާ ސޯންގް ވިދާޅުވިއެވެ.

ސެމްސަންގް އީސިމް ވެއާބަލްގެ ހިދުމަތް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ވެސް ތިން މަސް ދުވަހަށް އެއްވެސް އަގަކާ ނުލައި މިހާރު ލިބޭނެ ކަމަށާއި މި ޕްރޮމޯޝަންގެ މުއްދަތަށްފަހު ކޮންމެ މަހަކު 199 ރުފިޔާގެ ޗާޖެއް ކުރާނެކަމަށް އުރީދޫއިން ބުނެއެވެ.

- ކޮމެންޓް