ކ. މާލެ
|
24 އޮކްޓޯބަރ 2024 | ބުރާސްފަތި 13:43
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ސްޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވަނީ
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ސްޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވަނީ
މަޖިލިސް
ސަޕްލިމެންޓްރީ ބަޖެޓް
ބަޖެޓުގެ ބަހުސް ނިމެންދެން ޖަލްސާ ކުރިއަށް ގެންދަން ފާސްކޮށްފި
ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް ފޮނުވުމަށްފަހު އެ ކޮމިޓީގެ މަސައްކަތަށް 1 ދުވަހުގެ ތެރޭގައި ނިންމުމަށް ހުށަހަޅާފައިވޭ

ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސް ނިމެންދެން ޖަލްސާ ކުރިއަށް ގެންދިއުމަށް ފާސްކޮށްފިއެވެ.

ސަރުކާރުން ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސް ނިމެންދެން ޖަލްސާ ކުރިއަށް ގެންދިއުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއެވެ. މި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ.

ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުމުގެ މަސައްކަތް އަވަސްކުުރުމަށް ބުރާސްފަތި ދުވަހުގެ ޖަލްސާފައި ބަހުސް ނިންމާ، ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް ފޮނުވުމަށްފަހު އެ ކޮމިޓީގެ މަސައްކަތަށް 1 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މެންބަރު ފަލާހު ހުށަހެޅުއްވީ މެންދުރު 1:30 ގައި މަޖިލީހުގެ ޖަލްސާ ކުރިއަށްގެންގޮސް، ބަޖެޓުގެ ބަހުސްގައި ބައިވެރިވާން ބޭނުންވާ ކޮންމެ މެންބަރަކަށް 5 މިނެޓުގެ ވަގުތެއް ދިނުމަށްފަހު މިއަދު ބަހުސް ނިންމާލުމަށެވެ. ކޮމިޓީ ރިޕޯޓު ލިބުމަށްފަހު ބާއްވާ ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރެއްވުމަށް ކޮންމެ މެންބަރަކަށް 2 މިނެޓުގެ ވަގުތެއް ދިނުމަށްވެސް ފަލާހު ވަނީ ހުށަހަޅުއްވާފައެވެ.

ފަލާހުގެ ހުށަހެޅުން ފާސްކުރީ މަޖިލީހަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ ތެރެއިން 69 މެންބަރުންގެ ވޯޓާއެކުއެވެ.


Advertisement
- ކޮމެންޓް