ކ. މާލެ
|
18 އޮކްޓޯބަރ 2024 | ހުކުރު 08:10
ހިޒްބުﷲ އިން އިޒްރޭލުގެ ބިންޔާމީނާ އަށް އޮކްޓޯބަރު 13 ވަނަ ދުވަހު ދިން ޑްރޯން ހަމަލާއާ ގުޅިގެން އިޒްރޭލު ސިފައިން ހަރަކާތްތެރިވަނީ
ހިޒްބުﷲ އިން އިޒްރޭލުގެ ބިންޔާމީނާ އަށް އޮކްޓޯބަރު 13 ވަނަ ދުވަހު ދިން ޑްރޯން ހަމަލާއާ ގުޅިގެން އިޒްރޭލު ސިފައިން ހަރަކާތްތެރިވަނީ
ރޮއިޓާސް
ލުބުނާން-އިޒްރޭލު ހަނގުރާމަ
އިޒްރޭލު ސިފައިންނާ ދެކޮޅަށް ފުރަތަމަ ފަހަރަށް ޕްރިޒިޝަން ގައިޑެޑް މިސައިލް ހިޒްބުﷲ އިން ބޭނުންކޮށްފި
ހިޒްބުﷲ ގެ ބަޔާނުގައި ބުނެފައިވަނީ، އިޒްރޭލުގެ 55 ސިފައިން ލުބުނާނުގައި މަރުވެފައިވާ ކަމަށާއި 500ށް ވުރެ ގިނަ އިޒްރޭލު ސިފައިން ޒަޚަމްވެފައިވާ ކަމަށް

ލުބުނާނަށް ހަމަލާދޭ އިޒްރޭލު ސިފައިންނާ ދެކޮޅަށް ފުރަތަމަ ފަހަރަށް ޕްރިޒިޝަން ގައިޑެޑް މިސައިލް ހިޒްބުﷲ އިން ބޭނުންކޮށްފި ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.

ލުބުނާނުގެ ހިޒްބުﷲ އިން ބުރާސްފަތި ދުވަހު ބުނެފައިވަނީ އިޒްރޭލާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ އައު މަރުހަލާއެއް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

ސެޕްޓެމްބަރ 23 އިން ފެށިގެން އިޒްރޭލުން ގެންދަނީ ހިޒްބުﷲގެ ނުފޫޒު އޮތް ލުބުނާނުގެ ދެކުނާއި އިރުމަތީ ސަރަހައްދުތަކަށް ހުއްޓުމެއްނެތި ހަމަލާދެމުންނެވެ.

ލުބުނާނު-އިޒްރޭލު ބޯޑަރު އަވަށްތަކުގައި، އިޒްރޭލު ސިފައިންނާ ކުރިމަތިލާ ހިޒްބުﷲ އިން ގެންދަނީ ވަރުގަދަ ރައްދު ހަމަލާތައް ދެމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހިޒްބުﷲ އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ "އިޒްރޭލްގެ އަދުއްވުންނާ ދެކޮޅަށް އައު އަދި އިތުރަށް ވަރުގަދަ ހަމަލާތައް ދިނުމުގެ މަރުހަލާއަކަށް ބަދަލުވާ ކަމަށް އިޢުލާނުކުރާ" ކަމަށެވެ. އަދި "މިކަން ކުރިއަށް އޮތް ދުވަސްތަކުގެ ކަންތައްތަކާއި ހާދިސާތަކުން ފެންނާނެ،" ކަމަށް ބުނެފައިވެއެވެ.

ހިޒްބުﷲ އިން މި ބަޔާން ނެރުނީ ބުރާސްފަތި ދުވަހު އިޒްރޭލްގެ ސިފައިންގެ ބަޔާނެއްގައި ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ޝަހީދު ކޮށްލައިފި ކަމަށް ބުނި ފަހުންނެވެ. އެ ބަޔާނުގައި ސިންވާރު ޝަހީދު ކޮށްލި ކަމަށް ބުނާ ވާހަކައަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ހިޒްބުﷲ އާއި ހަމާސް އަކީ އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ގުޅިގެން ޖިހާދު ކުރަމުންދާ ދެ ޖަމާއަތެވެ.

ބަޔާނުގައި ބުނެފައިވަނީ "އެތައް ސަތޭކަ ހަނގުރާމަވެރިން... ދެކުނު ލުބުނާނުގެ ރަށްތަކަށް އިޒްރޭލުން އެއްގަމު މަގުން ދޭ ހަމަލާތަކަށް ފުރިހަމައަށް ތައްޔާރަށް ތިބި،" ކަމަށެވެ. އަދި ފަހަކަށްއައިސް އިޒްރޭލާ ދެކޮޅަށް ހިޒްބުﷲ އިން ދެމުންދާ ހަމަލާތައް އިތުރުވެފައިވާ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އިތުރަށް ބަޔާނުގައި ބުނެފައިވަނީ ހިޒްބުﷲ އިން އިޒްރޭލަށް ދޭ "ރޮކެޓް ހަމަމަލާތައް ދުވަހުން ދުވަހަށް އިތުރުވަމުންދާ" ކަމަށާއި، "ޕްރެޒިޝަން-ގައިޑެޑް މިސައިލްތައް... ފުރަތަމަ ފަހަރަށް ބޭނުންކޮށްފައިވާ،" ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ، އިޒްރޭލުގެ 55 ސިފައިން ލުބުނާނުގައި މަރުވެފައިވާ ކަމަށާއި 500ށް ވުރެ ގިނަ އިޒްރޭލު ސިފައިން ޒަޚަމްވެފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހު، ހިޒްބުﷲ އަށް ނިސްބަތްވާ ލުބުނާނުގެ ގާނޫނު ހަދާ މަޖިލިސް މެންބަރު ހަސަން ފަޟްލުﷲ ބުނެފައިވަނީ އިޒްރޭލްގެ ސިފައިންނަށް ދެކުނު ލުބުނާނުގެ އެއްވެސް ރަށެއް ފުރިހަމައަށް ކޮންޓްރޯލް ނުކުރެވޭ ކަމަށެވެ.                    

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް