ކ. މާލެ
|
15 އޮކްޓޯބަރ 2024 | އަންގާރަ 19:09
ދިރާސީ އައު އަހަރުގެ ފުރަތަމަ ދުވަސް
ދިރާސީ އައު އަހަރުގެ ފުރަތަމަ ދުވަސް
ރާއްޖެއެމްވީ
ދަރިވަރުން ސްކޫލަށް ވެއްދުން
ގްރޭޑް 1ށް ދަރިވަރުން ވެއްދުމަށް 1 މަސް ދުވަހުގެ މުއްދަތެއް ދެނީ
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 ނޮވެންބަރު 2024
އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1ށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމަށް ބުދަ ދުވަހުން ފެށިގެން ހުޅުވާލާނެ

2025 ވަނަ އަހަރުގެ ދިރާސީ އަހަރު ގްރޭޑް 1ށް ދަރިވަރުން ވެއްދުމަށް 1 މަސް ދުވަހުގެ މުއްދަތެއް ދޭން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ 2025 ވަނަ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1ށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމަށް ބުދަ ދުވަހުން ފެށިގެން ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، އަތޮޅުތެރޭގެ ސްކޫލްތަކުން އެޕްލިކޭޝަން ފޯމު ދޫކުރަން ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހަޅާނީ އޮންލައިން ފޯމް މެދުވެރިކޮށް ކަމަށާއި، އޮންލައިން ފޯމް މިިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 ނޮވެންބަރު 2024 އެވެ. ސުންގަޑި ހަމަވުމަށްފަހު އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަތުމަށް މިނިސްޓްރީއިން ވަނީ ނިންމާފައެވެ.

ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސުންގަނޑިއަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން، ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް