ކ. މާލެ
|
15 އޮކްޓޯބަރ 2024 | އަންގާރަ 10:34
ޤައުމީ ވޮލީ ލީގު ކާމިޔާބު ކުރި ވެމްކޯ އިން ލީގުގެ ތަށި އުފުލާލަނީ
ޤައުމީ ވޮލީ ލީގު ކާމިޔާބު ކުރި ވެމްކޯ އިން ލީގުގެ ތަށި އުފުލާލަނީ
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ޤައުމީ ވޮލީ ލީގު
ޤައުމީ ލީގު ކާމިޔާބު ކުރީ ވެމްކޯ އިން
މިއީ ހަ އަހަރުގެ މެދު ކެނޑުމަކަށްފަހު ޤައުމީ ވޮލީ ލީގު ބޭއްވި ފުރަތަމަ ފަހަރެވެ.

ޤައުމީ ވޮލީ ބޯޅަ ލީގުގެ ޗެމްޕިއަންކަން ކުލަބު ވެމްކޯ އިން ހޯދައިފި އެވެ.

ވެމްކޯ އިން ޤައުމީ ލީގު ކާމިޔާބު ކުރީ ހޯމަ ދުވަހުގެ ރޭ ކުޅުނު، ލީގުގެ ފަހު މެޗުގައި ވާދަވެރި ޕޮލިސް ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ވެމްކޯ އިން އެ މެޗު ކާމިޔާބު ކުރީ ތިން ސެޓު ދެ ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ޕޮލިސް ކުލަބުން ކާމިޔާބު ކުރީ 25-23 އިންނެވެ. ނަމަވެސް ވެމްކޯ އިން ވަނީ 17-25 އިން ދެ ވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ. ވާދަވެރި ކުޅުމަކަށް ފަހު ޖެހިގެން ކުޅުނު ތިން ވަނަ ސެޓު ޕޮލިސް ކުލަބުން ކާމިޔާބު ކުރީ 25-22 އިންނެވެ. ނަމަވެސް ވެމްކޯ އިން ވަނީ 21-25 އިން ހަތަރު ވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ. ސެޓުގެ ގޮތުން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓު ވެމްކޯ އިން ކާމިޔާބު ކުރީ 13-15 އިންނެވެ.

މިއީ ހަ އަހަރުގެ މެދު ކެނޑުމަކަށްފަހު ޤައުމީ ވޮލީ ލީގު ބޭއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޤައުމީ ވޮލީ ލީގު ބާއްވާފައި ވަނީ 2017 ވަނަ އަހަރު އެވެ.

- ކޮމެންޓް