ކ. މާލެ
|
13 އޮކްޓޯބަރ 2024 | އާދީއްތަ 01:22
މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޖެނީވާއަށް ފުރާވަޑައިގަތުން
މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޖެނީވާއަށް ފުރާވަޑައިގަތުން
ރައްޔިތުންގެ މަޖިލިސް
މަޖިލިސް ރައީސް އަބްދުއްރަހީމް
އައިޕީޔޫގެ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް، ޢަބްދުއްރަޙީމް ޖެނީވާއަށް
މިފަހަރުގެ ސެޝަންގެ ޚާއްސަ މައުޟޫއުތަކުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް ހިމެނޭ ކަމަށް އައިޕީޔޫއިން ބުނޭ

އިންޓަރ ޕާލިމެންޓަރީ ޔުނިއަން (އައިޕީޔޫ) ގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ޖެނީވާއަށް ފުރާވަޑައިގެންފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެފިއެވެ.

އަބްދުއްރަހީމް ފުރާވަޑައިގަތީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މި ހިނގާ އޮކްޓޯބަރު މަހުގެ 13ން 17ށް ޖެނީވާގައި ބޭއްވޭ 149 ވަނަ އައިޕީޔޫ އެސެމްބްލީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ ޕާލިމެންޓޭރިއަނުން ޖެނީވާއަށް އައުމަށް ހަމަޖެހިފައިވާ ކަމަށް އައިޕީޔޫއިން ބުނެފައިވެއެވެ.

"ސުލްޙަވެރި އަދި ދެމެހެއްޓެނިވި މުސްތަޤުބަލަކަށް ސައިންސާއި، ޓެކްނޮލޮޖީ އަދި އައު އީޖާދުތައް އިތުރަށް ބޭނުންކުރުން" މި ޝިއާރުގެ ދަށުން، އައު ޓެކްނޮލޮޖީތަކުގެ ފައިދާތައް އިތުރުކޮށް، އޭގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ގާނޫނު ހަދާ މަޖިލިސްތަކުން އަޅަންޖެހޭ ފިޔަވަޅުތަކާ މެދު މިފަހަރުގެ ސެޝަންގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އައިޕީޔޫ އިން ބުނެއެވެ. މިއަހަރުގެ ބައްދަލުވުމުގައި ދުނިޔޭގައި ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އަށް ޚާއްސަ ފޯކަސް އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މަޝްހޫރު ސުވިސް ނަފްސާނީ ޑޮކްޓަރ، ބަރޓްރަންޑް ޕިކާޑް، އެސެމްބްލީގައި ޚާއްސަ ތަގުރީރެއް ދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އައިޕީޔޫ އަކީ 1989 ވަނަ އަހަރު އުފެއްދި، ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތައް ބައިވެރިވާ ބައިނަލްއަގްވާމީ ޖަމްޢިއްޔާއެކެވެ.

ދިވެހިރާއްޖެއަށް އައިޕީޔޫގެ މެމްބަރުކަން ލިބުނީ 2023 ވަނަ އަހަރުގެ އޭޕްރީލް 5 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް