ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 12:04
އައިޖީއެމްއެޗް
އައިޖީއެމްއެޗް
އަޒުމޫން އަހުމަދު
ޒަހަމްތަކާއެކު މީހަކު ފެނުން
ޒަހަމްތަކާއެކު އޮއްވާ ފެނުނު މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވޭ: އައިޖީއެމްއެޗް
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވޭ
ވީޑީއޯ ސޯޝަލްމީޑިއާގައި އާއްމުވެފައިވާއިރު، ބައެއް މީހުން ބުނެފައިވަނީ ބަޔަކު އޭނާއަށް ހަމަލާދީފައިވާ ކަމަށް
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން

މާލޭގެ މަޖީދީ މަގުގައި ޒަހަމްތަކާއެކު އޮތްވާ ފެނުނު ދިވެހި ފިރިހެން މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އައިޖީއެމްއެޗުން ބުނީ ބުދަ ދުވަހުގެ ރޭ ދަންވަރު އަނިޔާތަކާއެކު އޮތް ފިރިހެނެއް ގެނެސްފައިވާ ކަމަށާއި، އޭނާއަށް އެމަރޖެންސީގައި ފަރުވާ ދިނުމަށްފަހު ހެނދުނު 6:00ހާއިރު ދޫކޮށްލާފައިވާ ކަމަށެވެ. އޭނާއަށް ސީރިއަސް އަނިޔާ ނުލިބޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ބުނީ މަޖީދީ މަގު ސޮރީ ބޯއީސް ފިހާރަ ކަންމަތީގައި އަނިޔާތަކެއް ލިބިފައި އޮތް ފިރިހެނަކު އޮތް ކަމަށް ބުދަ ދުވަހުގެ ރޭ 1:25 އެހާކަންހައިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ރާއްޖެއެމްވީއަށް ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އޭނާއަށް އަނިޔާވީ ކިހިނެއްކަން ފުލުހުން ހާމަކޮށްފައިނުވެއެވެ. މާރާމާރީއެއް ކަމެއް ނުވަތަ ގުރޫޕަކުން ހަމަލާދީނީ ކަމެއް ސާފެއް ނުވެއެވެ.

އަނިޔާވެފައި އޮތް މީހާގެ ވީޑީއޯ ސޯޝަލްމީޑިއާގައި އާއްމުވެފައިވާއިރު، ބައެއް މީހުން ބުނެފައިވަނީ ބަޔަކު އޭނާއަށް ހަމަލާދީފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް