ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 11:00
އުމުރާއަށް ދިޔަ ފަރާތްތަކެއް
އުމުރާއަށް ދިޔަ ފަރާތްތަކެއް
ފަރީ އަސްކޮއި ހައްޖު އެންޑް އުމްރާ ގްރޫޕް
އުމުރުއާއަށް ގެންދިއުމުގެ އުސޫލު
ހުއްދަ ނެގުމަކާއިނުލާ އުމްރާއަށް ގެންދާ ފަރާތްތައް ބައިމިލިއަން ރުފިޔާއާއި ހަމައަށް ޖޫރިމަނާ
އެއްބަސްވުމާއި ކުންފުންޏަކުން ޚިލާފުވެއްޖެ ނަމަ، އެ މައްސަލައެއްގެ ކުޑަ ބޮޑު މިނަށްބަލާ  1،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ
އުސޫލާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލެއް ކޮށްފި ނަމަ، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ

ހުއްދަ ނެގުމަކާއިނުލާ އުމްރާއަށް ގެންދާ ފަރާތްތައް 500،000 އާއި ހަމައަށް ޖުރިމަނާ ކުރެވޭގޮތަށް އުސޫލެއް އެކުވާލައިފިއެވެ.

ދިވެހިރާއްޖެއިން މީހުން ގެންދާ ޖަމާޢަތަކުން، އުމްރާއަށް ގެންދިއުމާއި ގުޅޭ އުސޫލާއި އެއްބަސްވުމާއި ޚިލާފުވެއްޖެނަމަ ބޮޑު ޢަދަދަކުން ޖުރިމަނާ ކުރެވޭ ގޮތަށް، ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާއި ބެހޭ އުސޫލެއް ހަދާ މިހާރު ވަނީ ގެޒެޓްކޮށްފައެވެ.

ގެޒެޓުކުރި އުސޫލުގައިވާ ގޮތުން ހުއްދަ ނެގުމަކާއިނުލާ އުމްރާއަށް ގެންދާ ފަރާތްތައް 500،000 އާއި ހަމައަށް ޖުރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުންވެސް އުސޫލާއި ޚިލާފުވާ ފަރާތްތަކަށް ޖުރިމަނާގެ ބޮޑެތި އަދަބުތަކެއް އުސޫލުގައި ވަނީ ހިމަނާފައެވެ. އެގޮތުން ވުޒާރާއާއި އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުންޏާމެދު ސޮއިކުރާ އެއްބަސްވުމާއި ކުންފުންޏަކުން ޚިލާފުވެއްޖެ ނަމަ، އެ މައްސަލައެއްގެ ކުޑަ ބޮޑު މިނަށްބަލާ  1،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ކުންފުންޏެއް ޖޫރިމަނާކުރެވެއެވެ.

އަދި އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތި، އެ އުސޫލާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލެއް ކޮށްފި ނަމަ، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އޮތް ކުންފުންޏަކުން ހުއްދައިގެ މުއްދަތުގެ ތެރޭގައި މަކަރާއި ހީލަތް ހެދުމުގެ އެއްވެސް ޢަމަލަކާއި ގުޅޭ މައްސަލައެއް ހުށައަޅައިގެން އެ މައްސަލަ ބަލަމުންދާނަމަ، އެ ފަރާތެއްގެ ހުއްދަ ވަގުތީ ގޮތުން ސަސްޕެންޑު ކުރުމުގެ އިޚުތިޔާރުވެސް މި އުސޫލުގެ ދަށުން ވުޒާރާއަށް ލިބިގެންދާނެއެވެ. މީގެ އިތުރުން މި އުސޫލުގެ އެއްވެސް މާއްދާއަކާއި ޚިލާފުވެއްޖެނަމަ އެ ކުންފުންޏަކަށާއި އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އެއްވެސް ފަރާތެއް ހިމެނޭ ކުންފުންޏަކަށް ކުރިއަށް އޮންނަ ތިން އަހަރު ދުވަހު ޢުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދަ ނުދެވޭނެކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މި އުސޫލާއެކު އަހަރުގެ ކޮންމެ ހިސާބަކުވެސް އުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯސަލް ހުށައެޅޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. މިއީ އުމްރާއަށް މީހުން ގެންދާ ފަރާތްތަކަށް ލިބިގެންދާނެ ލުއިއެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

- ކޮމެންޓް