ކ. މާލެ
|
9 އޮކްޓޯބަރ 2024 | ބުދަ 19:38
މަސްތުވާތަކެތީގެ މައްސަލައެއްގައި ޑޮމެސްޓިކް ޓާމިނަލްއިން ހައްޔަރުކުރި މީހާ
މަސްތުވާތަކެތީގެ މައްސަލައެއްގައި ޑޮމެސްޓިކް ޓާމިނަލްއިން ހައްޔަރުކުރި މީހާ
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތީގެ މައްސަލައެއްގައި ޑޮމެސްޓިކް ޓާމިނަލުން ހައްޔަރު ކުރި ޒުވާނާގެ ބަންދަށް 5 ދުވަސް ޖަހައިފި
އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވޭ
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 340 ގްރާމް

މަސްތުވާތަކެތީގެ މައްސަލައެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުން ހައްޔަރު ކުރި ޒުވާނާގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ.

ބުދަ ދުވަހު ފުލުހުން ބުނީ ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. ނޫމަރާ / ހަވީރީގެ، 24 އަހަރުގެ އަބްދުﷲ ފަޞީހް ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުން ފުރަންގޮސް ހުއްޓާ ކަމަށެވެ. މި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 340 ގްރާމް ހުރި ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ރާއްޖެއެމްވީއަށް ފުލުހުން ބުނީ މިއީ ލިބުނު މައުލޫމާތަކާއެކު ކުރިއަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށާއި، މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. މިމައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

މަސްތުވާތަކެތި ފެނިފައިވަނީ އޭނާގެ ހަށިގަނޑުން ކަމެއް ނުވަތަ އޭނާ ގެންގުޅުނު ދަބަހުން ފުލުހުން ހާމަކޮށްފައިނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް