ކ. މާލެ
|
7 އޮކްޓޯބަރ 2024 | ހޯމަ 11:46
ރައީސްގެ ދެކަނބަލުންނަށް އިންޑިއާ ސަރުކާރުން ރަސްމީގޮތުން މަރްހަބާ ދެންނެވި ރަސްމިއްޔާތުގެ ތެރެއިން
ރައީސްގެ ދެކަނބަލުންނަށް އިންޑިއާ ސަރުކާރުން ރަސްމީގޮތުން މަރްހަބާ ދެންނެވި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ރައީސް މުއިއްޒުގެ އިންޑިއާ ދަތުރުފުޅު
ރައީސްގެ ދެކަނބަލުންނަށް އިންޑިއާ ސަރުކާރުން ރަސްމީކޮށް މަރުހަބާ ދަންނަވައިފި
މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، ހޯމަ ދުވަހުގެ ހެނދުނު އިންޑިޔާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައި
ރައީސްގެ ދެކަނބަލުން މަރުހަބާ ދެންނެވީ އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ
ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން އިންޑިއާ އަށް ވަޑައިގަތީ އާދިއްތަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދަށް އިންޑިއާ ސަރުކާރުން ރަސްމީ ގޮތުން މަރްހަބާ ދަންނަވައިފިއެވެ.

މަރްހަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، ހޯމަ ދުވަހުގެ ހެނދުނު އިންޑިޔާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި ރައީސްގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމުން މަރްހަބާ ވިދާޅުވީ، އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. ރައީސްގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމާއެކު، 21 ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި ރައީސްގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

ރާޝްތުރަޕަތީ ބަވަންގައި ބޭއްވި މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ރައީސްގެ ދެކަނބަލުން، މަހާތުމާ ގާންދީގެ މަޤްބަރާ، ރާޖްގަޓަށް ޒިޔާރަތްކުރެއްވިއެވެ.

ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން އިންޑިއާ އަށް ވަޑައިގަތީ އާދިއްތަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. އަދި އިންޑިއާގެ ނިއު ދިއްލީގައި ދިރިއުޅޭ ދިވެހިންނާ އާދިއްތަ ދުވަހުގެ ރޭ، ރައީސްގެ ދެކަނބަލުން ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލު ކުރެއްވުމުގައި ދިއްލީގައި އުޅޭ ދިވެހިންގެ ހާލު އަހުވާލު އޮޅުން ފިލުއްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ދަތިތައް އަޑުއެއްސެވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ގަދައަޅައި މަސައްކަތްކުރާނެކަން ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

މިއީ މިދިޔަ ނޮވެމްބަރު މަހު ރައީސް ޑރ.މުހައްމަދު މުއިއްޒު، މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް