ކ. މާލެ
|
6 އޮކްޓޯބަރ 2024 | އާދީއްތަ 10:07
މެޗުގައި ލަނޑު ޖެހުމަށްފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގު
ޗެމްޕިއަން ސިޓީން ފުލަމް ބަލިކޮށްފި
މޮޅާއެކު ސިޓީ ދެ ވަނައިގައި އޮތީ މިހާތަނަަށް ކުޅުނު ހަތް މެޗުން 17 ޕޮއިންޓާ އެކު އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1ންނެވެ. އެއީ މެޗުގައި ފުލަމް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ. އޭގެ ފަހުން ފުލަމް އިން ވަނީ މެޗުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ވެސް ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ފުލަމް އަށް ލީޑު ނަގައިދިނީ އަންޑްރެއަސް ޕެރެއިރާ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މަޓެއޯ ކޮވަސިޗް ވަނީ ލަނޑު ޖަހައި ސިޓީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގެ ދެ ވަނަ ހާަފު ފަށައިގެން ދެ ވަނަ މިނެޓުގައި ކޮވަސިޗް ވަނީ ދެ ވަނަ ލަނޑެއް ޖަހައި ސިޓީ އަށް ލީޑު ނަގައިދީފަ އެވެ. އެއީ ބެނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެވެ. މެޗުގައި ސިޓީގެ ތިން ވަނަ ލަނޑު 82 ވަނަ މިނެޓުގައި ޖެހީ ޖެރެމީ ޑޮކޫ އެވެ. މެޗުގައި ފުލަމްގެ ދެ ވަނަ ލަނޑު ޖެހީ ރޮޑްރީގޯ މުނީޒް އެވެ.

މޮޅާއެކު ސިޓީ ދެ ވަނައިގައި އޮތީ މިހާތަނަަށް ކުޅުނު ހަތް މެޗުން 17 ޕޮއިންޓާ އެކު އެވެ. ފަސް މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް