ކ. މާލެ
|
3 އޮކްޓޯބަރ 2024 | ބުރާސްފަތި 00:08
މާލޭގައި މީގެ ކުރިން ހިނގާފައިވާ އެކްސިޑެންޓެއްގައި ފުލުހުން ހަރަކާތްތެރިވަނީ (ފައިލް ފޮޓޯ)
މާލޭގައި މީގެ ކުރިން ހިނގާފައިވާ އެކްސިޑެންޓެއްގައި ފުލުހުން ހަރަކާތްތެރިވަނީ (ފައިލް ފޮޓޯ)
ސައިކަލް އެކްސިޑެންޓެއް ހިނގުން
ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެ
މި އެކްސިޑެންޓްގައި އަންހެނެއްގެ ބޮލަށް އަނިޔާވެފައިވޭ
ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވޭ

ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެ، އައި.ޖީ.އެމް.އެޗަށް ފަރުވާ ދިނުމަށް ގެންގޮސްފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭ 10:11 ގައި ބްރިޖް އިން ފައިބައިގެން ކޮއިމަލާ ހިނގުމަށް އެޅި ސައިކަލަކާ ބޮޑުތަކުރުފާނު މަގުން ބްރިޖް އާ ވީކޮޅަށް ދުއްވާފަ ދިއަ ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

މި އެކްސިޑެންޓްގައި ސައިކަލުގެ ފަހަތުގައި އިން އަންހެނަކު ވިއްސައިގެން ގޮސް ވެއްޓި، ބޮލަށް އަނިޔާވެފައިވާތީ ފަރުވާ ދިނުމަށް އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް