ކ. މާލެ
|
1 އޮކްޓޯބަރ 2024 | އަންގާރަ 13:05
މަރުވެފައި އޮއްވާ ފެނުނު ޖައުހަރީ
މަރުވެފައި އޮއްވާ ފެނުނު ޖައުހަރީ
ސޯޝަލްމީޑިއާ
މޫދަށް އެރި އުޅުނު މީހަކު މަރުވުން
ޖައުހަރީ އެންމެ ފަހުން ފެނިފައި ވަނީ މަސް ބާނަން މޫދަށް އެރި އުޅެނިކޮށް - ފުލުހުން
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން ހޯމަ ދުވަހު 15:04 އެހާކަންހާއިރު، ބްރިޖު ކައިރިން މޫދަށް މަސްބާނަން އޭނާ ފޭބިކަން އެނގިފައިވާ ކަމަށް
އުސްފަސްގަނޑާ ދިމާލުން މޫދުގައި މަރުވެފައި އޮތް ދިވެއްސަކު ފެނުނުކަން ފުލުހުން ހާމަކުރީ ހޯމަ ދުވަހު

އުސްފަސްގަނޑާ ދިމާލުން މޫދުގައި މަރުވެފައި އޮތްވާ ފެނުނު، ޖައުހަރީ އެންމެ ފަހުން ފެނިފައި ވަނީ މަސް ބާނަން މޫދަށް އެރި އުޅެނިކޮށްކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން ހޯމަ ދުވަހު 15:04 އެހާކަންހާއިރު، ބްރިޖު ކައިރިން މޫދަށް މަސްބާނަން އޭނާ ފޭބިކަން އެނގިފައިވާ ކަމަށެވެ.

ޖައުހަރީއަކީ ސިޔާސީ ޕާޓީތަކުން ބާއްވާ އެކިއެކި ހަރަކާތްތަކުގެ، ހާއްސަކޮށް އިދިކޮޅު އެމްޑީޕީގެ ހަރަކާތްތަކުގައި ފޮޓޯއާއި ވީޑިއޯތައް ނެގުމުގައި ފާހަގަކޮށްލެވޭ މީހެކެވެ.

62 އަހަރުގެ ޖައުހަރީ މަރުވެފަިއ އޮއްވާ ފެނިފައި ވަނީ އުސްފަސްގަނޑާ ދިމާލުން ހޯމަ ދުވަހުއެވެ.

ފުލުހުން ބުނީ އުސްފަސްގަނޑާ ދިމާލުން ކަނޑުމަތީގައި މީހަކު މަރުވެފައި އޮތްކަމަށް ހަވީރު 5:06 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ވަނީ ނިޔާވެފައި އޮއްވާ ފެނުނީ ހ. ވެލަސްފަރުގެ އިބްރާހިމް ޖައުހަރީ ކަމަށެވެ.

އަދި އެމީހާގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށާއި، ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް