ކ. މާލެ
|
1 އޮކްޓޯބަރ 2024 | އަންގާރަ 08:58
ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ
ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ
ރޮއިޓާސް
ޓޮޓެންހަމް
ޕޮސްޓެކޮގްލޫ ބުނީ ޓޮޓެންހަމުން ދެއްކީ އާދަޔާ ޚިލާފު ކުޅުމެއް ކަމަށް
ފުރަތަމަ ހާފުގައި އިތުރު ލަނޑުތަކެއް ޖަހާނެ ފުރުސަތު ލިބުނު ކަމަށް ވެސް ޕޮސްޓެކޮގްލޫ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ޓޮޓެންހަމްގެ ކުޅުންތެރިން ދެއްކީ އަދަޔާ ޚިލާފު ކުޅުމެއް ކަމަށް، އެ ޓީމުގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ބުނެފި އެވެ.

ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޓޮޓެންހަމުން ވަނީ ތިން ލަނޑުން އެ ޓީމު ބަލިކޮށްފަ އެވެ. އެއާއެކު ޓޮޓެންހަމްގެ ކޯޗު ޕޮސްޓެކޮގްލޫ އަށް އޮތް ޕްރެޝަރަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް ބެލެވެ އެވެ. އަދި އެ ޓީމަށް ވެސް ހަަމަޖެހުމެއް ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ޕޮސްޓެކޮގްލޫ ބުނީ، އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ޓީމެއްގެ ގޮތުގައި ޓޮޓެންހަމުން ދެއްކީ ވަރަށް އާދަޔާ ޚިލާފު ކުޅުމެކެވެ. މެޗު ފަށައިގެން ވެސް ޓޮޓެންހަމުން ދިޔައީ ރަނގަޅަށް ކުޅެމުން ކަމަށާއި، ނަތީޖާއެއްގެ ގޮތުން ކުރީ ކޮޅު ލަނޑެއް ޖެހުނުކަން ވެސް އޭނާ ފާހަގަ ކުރި އެވެ. އަދި ފުރަތަމަ ހާފުގައި އިތުރު ލަނޑުތަކެއް ޖަހާނެ ފުރުސަތު ލިބުނު ކަމަށް ވެސް ޕޮސްޓެކޮގްލޫ ބުންޏެވެ.

މެޗުގައި ޓޮޓެންހަމުން ރަނގަޅަށް ކުޅުމުގެ ނަތިީޖާ އަކީ، ޔުނައިޓެޑަށް އިތުރު ޕްރެޝަރުތަކެއް ކުރިމަތިވުން ކަމަށް ޕޮސްޓެކޮގްލޫ ވަނީ ބުނެފަ އެވެ. އެކަމުގެ ސަބަބުން މެޗުގައި ޔުނައިޓެޑަށް ރަތް ކާޑެއް ވެސް ދެއްކި ކަމަށާއި، އޭގެ ފަހުން ވެސް ޓޮޓެންހަމުން ގެންދިޔައީ މެޗު ކޮންޓްރޯލު ކޮށްގެން، ރަނގަޅަށް ކުޅެމުން ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

މިއީ ޖެހި ޖެހިގެން ޓޮޓެންހަމް މޮޅުވި ހަތަރު ވަނަ މެޗުކަން ފާހަގަކުރަމުން ޕޮސްޓެކޮގްލޫ ބުނީ، ބޭނުންވާ ކަންކަން ޙާސިލު ކުރެވޭތީ އުފާވާ ކަމަށެވެ. އަދި ކުރިއަށް ދާން ޖެހޭނީ އުސޫލުތަކުގައި ހިފަހައްޓައިގެން ތިބެ، އެންމެން އެކައްޗެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ބުންޏެވެ. ޕޮސްޓެކޮގްލޫ ބޭނުން ވަނީ ޓޮޓެންހަމްގެ ފަރާތުން ކުރިއަށް އޮތް ތަނުގައި ވެސް މީހުން ބަލަން ބޭނުންވާ ކަހަލަ، ޝައުޤުވެރި ފުޓުބޯޅައެއް ފެނުމަށެވެ.

މިހާތަނަށް ކުޅުނު ހަ މެޗުން 10 ޕޮއިންޓު ހޯދައިގެން ޓޮޓެންހަމް އޮތީ އަށް ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް