ކ. މާލެ
|
29 ސެޕްޓެންބަރ 2024 | އާދީއްތަ 21:02
ނޭޕާލުގައި ފެން ބޮޑުވުމުގެ ސަބަބުން އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ވަނީ ގެއްލިފައި
ނޭޕާލުގައި ފެން ބޮޑުވުމުގެ ސަބަބުން އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ވަނީ ގެއްލިފައި
އޭޕީ
ނޭޕާލް
ނޭޕާލުގައި ފެން ބޮޑުވެ ގައުމު ހުއްޓުމަކަށް
ނުރައްކާތެރި މޫސުމުގެ ސަބަބުން ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 150 އެއްހާ މީހުން މަރުވެ، އެތައް ބަޔަކު ގެއްލިފައިވެއެވެ.
ޚަބަރުގެ އޯޑިއޯ

ވިއްސާރައިގެ ނުރައްކާ ނޭޕާލަށް ކުރިމަތިވެ، ފެންބޮޑުވެ، ބިންކަނޑުކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަދުވެގެން 150 މީހުން މަރުވެއްޖެއެވެ. އޭގެ އިތުރުން އެތައް ބަޔަކު ވީނުވީއެއް ނޭގި ގެއްލިފައިވާ ކަމަށްވެސް އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

ނޭޕާލުގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުގެ ސްކޫލްތައް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.

އާދީއްތަ ދުވަހު ކިޔެވުން ނުބާއްވާން ނިންމީ، ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިންނަށް ދަތިތަކާ ކުރިމަތިވެފައިވާތީއާއި، ވާރޭގެ ސަބަބުން ޔުނިވަރސިޓީއާއި ސްކޫލް އިމާރާތްތަކަށް ގެއްލުން ލިބި މަރާމާތުކުރަން ޖެހިފައިވާތީ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

"ސަރުކާރުން ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކޮށްފައިވާނީ އަސަރުކޮށްފޮށްފައިވާ ސަރަހައްދުތަކުގެ ސްކޫލްތައް ތިން ދުވަހަށް ބަންދުކުރުމަށް،" މިނިސްޓްރީ އޮފް އެޑިއުކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޕޯކްސްޕަރސަން ލަކްޝްމީ ބަޓަރާއީ ރޮއިޓަރސް ނިއުސް އޭޖެންސީއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ޤައުމުގެ ވެރިރަށް ކަތުމަންޑޫގެ ގިނަ ހިސާބުތަކެއް ހަފްތާ ބަންދުގައި ފެންބޮޑުވެފައިވާއިރު، އެ ސަރަހައްދުގައި ހިނގާ ކޯރުތައް ބަންޑުންވުމުގެ ހާދިސާތައް ރިޕޯޓުކުރެވިފައިވެއެވެ. މީގެ އިތުރުން، ވެރިރަށާއި ނޭޕާލުގެ އެހެނިހެން ސަރަހައްދުތައް ގުޅުވައިދޭ މަގުތަކަށްވެސް ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބިފައިވެއެވެ.

ކަތުމަންޑޫގެ ބައެއް ސަރަހައްދުތަކުގައި 322.2 މިލިމީޓަރު (12.7 އިންޗި) އަށް ވުރެ ގިނައިން ވާރޭވެހިފައިވާކަމަށް ރިޕޯޓުކުރެވިފައިވާއިރު، މީގެ ސަބަބުން އެ ސަރަހައްދުގެ މައި ކޯރު ކަމުގައިވާ ބަގްމަތީ ކޯރުގެ ފެންގަނޑު ނުރައްކާތެރި މިންވަރަށްވުރެ 2.2 މީޓަރު (7 ފޫޓު) އުފުލިފައިވާ ކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ

- ކޮމެންޓް