ކ. މާލެ
|
29 ސެޕްޓެންބަރ 2024 | އާދީއްތަ 15:05
ކަޅު ބާޒާރުގައި ޑޮލަރު ވިއްކި ބިދޭސީންތަކެއް އަތުލައިގަތުން
ކަޅު ބާޒާރުގައި ޑޮލަރު ވިއްކި ބިދޭސީންތަކެއް އަތުލައިގަތުން
އިމިގްރޭޝަން
ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރުން
ކަޅު ބާޒާރުގައި ޑޮލަރު ވިއްކި ބިދޭސީން - ދެ މީހުން ޑީޕޯޓްކޮށްލައިފި، ބާކީ 3 މީހުންވެސް ޑީޕޯޓްކޮށްލަނީ
ޑީޕޯޓްކޮށްލާފައި ވަނީ އިންޑިއާ އަށް ނިސްބަތްވާ ދެބިދޭސީން
އެ ފަސް މީހުންގެ ތެރެއިން ދެ މީހުން ޑީޕޯޓްކޮށްފައި ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައި

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދަނިކޮށް އަތުލައިގަނެފައިވާ ފަސް ބިދޭސީންގެ ތެރެއިން ދެ މީހަކު ޑީޕޯޓްކޮށްލައިފިއެވެ.

އިމިގްރޭޝަނުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ފަސް މީހުންގެ ތެރެއިން ދެ މީހުން ޑީޕޯޓްކޮށްފައި ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ.

Advertisement

އެގޮތުން އޭގެ ތެރެއިން އެކަކު ފޮނުވާލާފައި ވަނީ ސެޕްޓެމްބަރު މަހުގެ 23 ވީ ހޯމަ ދުވަހު ކަމަށާއި ޑީޕޯޓްކޮށްފައިވާ ދެ ވަނަ ބިދޭސީ މީހާ ފޮނުވާލާފައި ވަނީ ސެޕްޓެމްބަރ މަހުގެ 25ވީ ބުދަ ދުވަހު ކަމަށް އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވަނީ ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައެވެ. ޑީޕޯޓްކޮށްލާފައި ވަނީ އިންޑިއާ އަށް ނިސްބަތްވާ ދެބިދޭސީންނެވެ. ބާކީ ތިބި ބިދޭސީންނަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންކަމަށް އިމިގްރޭޝަންގެ އޮފިޝަލް ހާމަކުރެއްވިއެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކި ބިދޭސީންތަކެއް އަތުލައިގަތުން - އިމިގްރޭޝަން

ބާކީ ތިބި ތިން ބިދޭސީންނާއި މެދު ޢަމަލުކުރުމަށް ނިންމާފައިވާ ގޮތާއި މެދު ސުވާލުކުރުމުން އޭނާ ވަނީ އެ 3 ބިދޭސީން ވެސް ޑީޕޯޓްކޮށްލުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކުރައްވާފައެވެ. އެހެންނަމަވެސް އެ ބިދޭސީންތައް ޑީޕޯޓްކޮށްލެވޭނެ ތާރީހެއް އަދި ބުނަން ނޭނގޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ވީ އެންމެ އަވަހަކަށް އެ މީހުންވެސް ފުރުވާލުމުގެ މަސައްކަތް ކުރާނެކަން އޭނާ ހާމަކުރެއްވިއެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމާ ގުޅިގެން ހައްޔަރުކުރި ބިދޭސީން ހައްޔަރުކޮށްފައި ވަނީ މިހިނގާ ސެޕްޓެމްބަރ މަހުގެ ފަސް ވަނަ ދުވަހުއެވެ.

މި ބިދޭސީން ދިރިއެޅެމުންދިޔަ ތަން ރެއިޑްކޮށް އެ މީހުން އަތުލައިގެން އިރު އެ މީހުން އަތުން އެތައް ލައްކަ ފައިސާ ވަނީ ފެނިފައެވެ. އަދި ގިނަ އަދަދެއްގެ ކްރެޑިޓް ކާޑު ފެނިފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް