ކ. މާލެ
|
29 ސެޕްޓެންބަރ 2024 | އާދީއްތަ 06:19
އީރާނުން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު އަމީރު ސައީދު އިރަވާނީ
އީރާނުން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު އަމީރު ސައީދު އިރަވާނީ
އޭޕީ
ލުބުނާން-އިޒްރޭލް ހަނގުރާމަ
ނަސްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން އީރާނުން ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަކަށް ގޮވާލައިފި
އީރާނުގެ މަންދޫބު ވަނީ އިރާނުގެ "ޑިޕްލޮމެޓިކް އިމާރާތްތަކާއި މަންދޫބުންނަށް" ދީފާނެ އެއްވެސް ހަމަލާއަކާ ދެކޮޅަށް "ހަރުކަށި" އިންޒާރުދެއްވާފަ

އިޒްރޭލުން ބަންކަރ-ބަސްޓަރ ބޮންތައް ބޭނުންކޮށްގެން ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން، އދ. ގެ ސަލާމަތީ މަޖިލީހުގެ (ޔޫއެންއެސްސީ) ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އިރާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަމީރު ސަޢީދު އިރަވާނީ އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައި، އިޒްރޭލުގެ "ފިނޑި އަދި އަނިޔާވެރި ޢަމަލުތައް" ވީހާވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރުމަށް އިރަވާނީ ވަނީ 15 މެންބަރުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން އިރަވާނީ ވަނީ އިރާނުގެ "ޑިޕްލޮމެޓިކް އިމާރާތްތަކާއި މަންދޫބުންނަށް" ދީފާނެ އެއްވެސް ހަމަލާއަކާ ދެކޮޅަށް "ހަރުކަށި" އިންޒާރުދެއްވާފައެވެ.

ސެކިއުރިޓީ ކައުންސިލުން ވަނީ ބުދަ ދުވަހު ފްރާންސްގެ އެދުމުގެ މަތިން ބައްދަލުވުމެއް ބާއްވާފައެވެ. މިއީ އިޒްރޭލުން ލުބުނާނުގެ އިލެކްޓްރޯނިކް ވަސީލަތްތަކަށް ހަމަލާދީ، އަދި އޭގެ ފަހުން ލުބުނާނަށް ބޮންއަޅާ އެތައް ބަޔަކު މަރުވުމާ ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް މި ހަމަލާތައް ސިފަކުރެއްވީ "ޖީލެއްގެ ތެރޭގައި ލުބުނާނުގައި އެންމެ ލޭއޮހޮރުނު ދުވަސް" ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް