ކ. މާލެ
|
28 ސެޕްޓެންބަރ 2024 | ހޮނިހިރު 12:49
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
ރާއްޖެއެމްވީ
ސަރުކާރުގެ ހިންގުން
ގެދޮރުވެރިކަމުގެ ބިނާރުތައްވެސް އަތުލުން ނޫން ކަމެއް މިއަދުގެ ސަރުކާރުން ނުކުރޭ: ވައްޑެ
މި ސަރުކާރުން ވެރިކަމަށް އައީ އެމްޑީޕީގެ ސަރުކާރުން ސިޔާސީ މުވައްޒަފުން ގިނަކަމަށް ބުނެ ފާޑުކިޔުމަށްފަހު
ކެބިނެޓާއި ވުޒާރާތަކުގައި އެތައް މަޤާމުތަކެއް އަލަށް އުފައްދާފައިވާކަމަށްވެސް ވަހީދު ވިދާޅުވި

ގެދޮރުވެރިކަމުގެ ބިނާރުތައްވެސް އަތުލުން ނޫން ކަމެއް މިއަދުގެ ސަރުކާރުން ނުކުރާކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ، ގެދޮރުވެރިކަމާއި ބިނާރާ އުމްރާނީ ތަރައްޤީއާ ބެވޭ ވުޒާރާއެއްވެސް އޮންނަ ކަމަށާއި، ނަމަވެސް ގެދޮރުވެރިކަމުގެ "ބިނާރުތައްވެސް" އަތުލުން ނޫން ކަމެއް މިއަދުގެ ސަރުކާރުން ނުކުރާ ކަމަށެވެ.

Advertisement

ނުވިތާކަށް، ކެބިނެޓާއި ވުޒާރާތަކުގައި އެތައް މަޤާމުތަކެއް އަލަށް އުފައްދާފައިވާކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

މިހާ ކުޑަ ޤައުމެއްގައި ކެބިނެޓަށް ލައްވާފައި ތިއްބަވާ މިނިސްޓަރުންގެ އަދަދާ، ކެބިނެޓުގައި އެ ލައްވާފައި ތިއްބެވިހާ ބޭފުޅުންނާ އިނގޭތޯ.
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)

އޭގެ އިތުރުން، ސިޔާސީ މުވައްޒަފުންގެ އަދަދުވެސް އެތައް ގުނައެއް އިތުރުކަން ފާހަގަ ކުރައްވައި ވަހީދު ވިދާޅުވީ، ކިތަންމެ މުވައްޒަފުން ގިނަ ނަމަވެސް ޚިދުމަތްތަކަށް ކުރިއެރުމެއް ނާންނަ ކަމަށެވެ.

ވަހީދު ވިދާޅުވީ، އެގޮތަށް ޚިދުމަތް ނުކުރެއްވުންވެސް މާ ރަނގަޅުވާނެ ކަމަށެވެ.

މި ސަރުކާރުން ވެރިކަމަށް އައީ އެމްޑީޕީގެ ސަރުކާރުން ސިޔާސީ މުވައްޒަފުން ގިނަކަމަށް ބުނެ ފާޑުކިޔުމަށްފަހުގައި 700ށް ވުރެ ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުނުކުރާނެކަމުގެ ވައުދާއެކުއެވެ. ނަމަވެސް ސިޔާސީ މުވައްޒަފުންގެ އަދަދު ހާހަކަށްވުރެ އިތުރުވެފައިވާއިރު، އެ އަދަދު ހާމަކުރަން ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ.

ގިނަ މިނިސްޓްރީ ތަކުގައި 40ށް ވުރެ ގިނައިން ސިޔާސީ މަގާމުތަކުގައި މީހުން އެބަތިއްބެވެ. އެމީހުންގެ މަހު މުސާރައަށް އެކަނިވެސް މިނިސްޓްރީ އަކުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ކޮންމެ މަހަކު ޚަރަދުކުރާ ކަމަށް ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް