ކ. މާލެ
|
22 ޖެނުއަރީ 2025 | ބުދަ 10:00
ރައީސް މުއިއްޒު، އުނގޫފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން
ރައީސް މުއިއްޒު، އުނގޫފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރައީސް އުނގޫފާރު ދަތުރު
ދުންފަތުގެ ޑިއުޓީއިން ލިބޭ ޓެކްސް ފައިސާ ފިނޭންސްގެ ހިސާބުތަކުގަ ނުޖަހާނެ: ރައީސް މުއިއްޒު
ދުންފަތް އެއްކޮށް މަނާކުރުމާއި ވޭޕް މަނާކުރުމަކީ މުޅިން ތަފާތު ދެކަމެއް
ދުންފަތުން ޓެކްސް ބޮޑުކޮށްގެން އާމްދަނީ އިތުރުކުރުމަކީގެންގުޅުއްވާ ވިސްނުމެއް ނޫން
ދުންފަތުން ލިބޭ ޓެކްސް ފައިސާއިން ލިބޭ އާމްދަނީ ފިނޭސް މިނިސްޓްރީގެ ހިސާބުތަކުގައި ނުހިމަނާނޭ

ދުންފަތުން ލިބޭ ޓެކްސް ފައިސާއިން ލިބޭ އާމްދަނީ ފިނޭސް މިނިސްޓްރީގެ ހިސާބުތަކުގައި ނުހިމަނާނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން، އަންގާރަ ދުވަހުގެ ރޭ އުނގޫފާރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވޭޕް މަނާކޮށް ދުންފަތް މަނާ ނުކުރި ސަބަބު ހާމަކޮށްދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ވޭޕް މަނާކޮށް ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރަން ފިޔަވަޅުތަކެއް އެޅީ ވަކި ބަޔަކަށް ފައިދާތަކެއް ހޯދަައިދޭންް ނޫން ކަމަށެވެ.

މިދިޔަ މަހުގެ 15 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންުކުރުމާއި ވިއްކުން މަނާކޮށްފައިވާ އިރު ދުންފަތް މަނާ ނުކޮށް ޓެކްސް ބޮޑުކުރާތީ ދުންފަތާ މުޖުތަމައު ދުކުރުމުގެ ނިޔަތް ސަރުކާރުން ގެންގުޅޭ ކަމާ މެދު ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ރައީސް ވިދާޅުވީ ދުންފަތުން ޓެކްސް ބޮޑުކޮށްގެން އާމްދަނީ އިތުރުކުރުމަކީ އެމަނިކުފާނު ގެންގުޅުއްވާ ވިސްނުމެއް ނޫން ކަމަށާއި އަދި ދުންފަތުން ލިބޭ ޓެކްސް ފައިސާއިން ލިބޭ އާމްދަނީ ފިނޭސް މިނިސްޓްރީގެ ހިސާބުތަކުގައި ނުހިމަނާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް މިހާރު ނަހަދާނެ ދުންފަތުގެ ބާވަތްތައް ގަނެގެން އިމްޕޯޓްކޮށްގެން އިތުރުވާ ޓެކްސްއަށް ބަރޯސާ ވެގެން ދައުލަތުގެ އާމްދަނީ ކަލްކިއުލޭޓެއް ނުކުރާނެ މިހާރު. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެން ކޮންމެ މީހަކީ ދުންފަތުގެ ބާވަތްތައް ބޭނުންކޮށްގެން ލިބޭ ގެއްލުންތަކުން ދުރުވެފައި ތިބި ބަޔަކަށް ވާން. ސިއްޚަތު ސަލާމަތުން ތިބި ބަޔަކަށް ވާން. އެކަމަށް ބާރު އެޅުމުގެ ގޮތުން، އެކަމުން ދުރުވުމަށް ހެޔޮ ނިޔަތުގއި އަޅުގަނޑުން އެނިންމުން ނިންމީ.
ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް ވިދާޅުވީ ދުންފަތް އެއްކޮށް މަނާކުރުމާއި ވޭޕް މަނާކުރުމަކީ މުޅިން ތަފާތު ދެކަމެއް ކަމަށާއި އެ ގޮތުން ވޭޕްއަކީ ރާއްޖެއަށް މާ ފަހުން ތައާރަފް ވި ކަމެއް ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމާ އެއްވަރަށް ވޭޕްކުރުން އޮތީ ދިވެހި މުޖުތަމައުގައި އެހާ ބޮޑަށް އަށަގެންފައި ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުންފަތް އެއްކޮށް މަނާކުރުމާއި ވޭޕް މަނާކުރުމަކީ މި ދެކަންތައް އެއްފަހަރާ އެއްގޮތަަކަށް މަނާކުރުމަކީ އެ ގޮތަށް ކުރެވޭނެ ކަމެއް ކަމަށް އެމަނިކުފާނަށް ނުވިސްނޭކަމަށެވެ. އެހެންވީމާ އެ ކަންތަކަކީ ސްޓެޕް ބައި ސްޓެޕް ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ގަބޫލުކުރެވޭތީ އެގޮތަށް ފިޔަވަޅު އެޅުއްވީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ބޮޑުބައެއް ތިބީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ އާދަ ހިފާފައި ކަމަށާއި އެގޮތުން ދުންފަތުގެ ވަބާގައި ޖެހި ސަލާމަތް ނުވެވި ތިބި ފަރާތްތަކަށް އެކަމުން ސަލާމަތް ވުމަށް ސަރުކާރުން އިސްނަގައިގެން ރަށްރަށުގައި ވެސް ގިނަ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ރަށެއްގައިވެސް ރަށު ލެވެލްގައި އެކަމުން ދުރުވެވޭނެ ގޮތްތައް ރަށްރަށުގެ ސިއްޚީ މަރުކަޒުތަކުގައި ޓޮބޭކޯ ސެޒޭޝަން ކްލިނިކްތަކެއް ވެސް ޤާއިމް ކުރެވި ޚިދުމަތްތައް ދޭން މިހާރު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް
- ގުޅުންހުރި
ރައީސުލްޖުމްހޫރިއްޔާ، އީސީގެ މެންބަރުކަމުގެ މަޤާމަށް ޑޮކްޓަރ މުޙައްމަދު ޒާހިރު އައްޔަނު ކުރައްވައިފި
ރާއްޖޭގައި ދާޚިލީ ހަމަޖެހުން އޮތުން އިންޑިއާއަށް މުހިއްމުވާނެކަން ޔަޤީން، އިންޑިއާއިން ދިވެހިންނަށް ހެޔޮއެދޭނެ: އިދިކޮޅު
އައިއެމްއޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބު ހަމަޖެއްސެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ ކޮމިޓީއަށް
"އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ" ގެ މެންބަރަކަށް ވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފި
މަގޭ ރިޕޯޓް: ކުރީ ސަރުކާރު، ކުރީ ސަރުކާރު، މި ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެނޫންތަ؟
ޕީޕީއެމް އަދި ޕީއެންސީން ކުރަމުންގެންދާ މުޒާހަރާތައް އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފި
އިންޒާރު ދިން ނަމަވެސް ގާތްގަނޑަކަށް 40 މީހުންނާއެކު އިދިކޮޅުން މުޒަހާރާއަށް ނުކުމެއްޖެ
އިދިކޮޅު މުޒާހަރާއިން ހައްޔަރުކުރި 30 މީހަކު ޖޫރިމަނާކޮށް ދޫކޮށްލައިފި