ކ. މާލެ
|
28 ސެޕްޓެންބަރ 2024 | ހޮނިހިރު 12:45
ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ބިދޭސީންތައް
ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ބިދޭސީންތައް
އިމިގްރޭޝަން
ބިދޭސީންތަކެއް ހުއްޓުވުން
ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ބިދޭސީންތަކެއް ހުއްޓުވައިފި
އެ މީހުން ރާއްޖެ އެތެރެވާން މަސައްކަތްކޮށްފައި ވަނީ ވަކިވަކިން
އެ ތިން މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއްގެ އިތުރުން 21 އަހަރުގެ މީހެއް

ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަނުން ހުއްޓުވައިފިއެވެ.

އިމިގްރޭޝަނުން ބުނީ ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ތިން ބިދޭސީއަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުއްޓުވާފައިވާ ކަމަށެވެ.

އެ ތިން ބިދޭސީންނަކީ ވެސް ފިރިހެނުންނެވެ. އެ ތިން މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއްގެ އިތުރުން 21 އަހަރުގެ މީހެކެވެ.

އެ މީހުން ރާއްޖެ އެތެރެވާން މަސައްކަތްކޮށްފައި ވަނީ ވަކިވަކިން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

Advertisement

އިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، 25 އަހަރުގެ މީހާ މިދިޔަ ޖުލައިމަހުގެ 31 ވަނަ ދުވަހު، 23 އަހަރުގެ މީހާ އޮގަސްޓު 16 ވަނަ ދުވަހު އަދި 21 އަހަރުގެ މީހާ އޮގަސްޓު 18ގައި ރާއްޖެ އެތެރެވާން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެމީހުންނާބެހޭ އިތުރު މައުލޫމާތެއް އިމިގްރޭޝަނުން ހާމަކޮށްފައިނުވެއެވެ.

ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ބިދޭސީންތަކެއް ހުއްޓުވާފައިވާއިރު، މިފަހުން ބޭރުގެ އެހެންގައުމުތަކަށް މަސްތުވާތަކެތި އެތެރެ ކުރުމަށް ރާއްޖޭގައި ޓްރާންސިޓް ކުރި ބޭރުގެ ބައެއް ވެސް އަތުލައިގަނެފައިވެއެވެ.

އިމިގްރޭޝަނުން ދަނީ ޝަހުސު އޮޅުވާލައިގެންނާއި ގަވައިދާ ޚިލާފު އެކި ކަންތައްތައް ކުރުމަށް ރާއްޖެ އެތެރެވާ ބިދޭސީންތައް އަތުލައިގަނެ، އެ މީހުން ޑީޕޯޓްކުރަމުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެވާ މީހުން ހުއްޓުވުމާއި، މި ކަންކަން ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށް، ކަސްޓަމްސްއާއި، އިމިގްރޭޝަނާއި މިނިސްޓްރީ އޮފް ސައިންސް ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ ގުޅިގެން ވަނީ ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ވަރުގަދަކޮށްފައެވެ. އެގޮތުން ފިންގަރ ޕްރިންޓާއި، ކެމެރާއާއި، ސެކުއިރިޓީ ސޮފްޓްވެއަރތައްވެސް ވަނީ ފަހުގެ ސޮފްޓްވެއަރތަކަށް އަޕްގްރޭޑްކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް