ކ. މާލެ
|
28 ސެޕްޓެންބަރ 2024 | ހޮނިހިރު 11:18
ޕީއެސްޖީ އާއި ރެނެސް ކުޅުނު މެޗުގެ ތެރެއިން
ޕީއެސްޖީ އާއި ރެނެސް ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ފްރާންސް ލީގު
ރެނެސް އަތުން މޮޅުވެ، ޕީއެސްޖީ ކުރިއަށް
މޮޅާއެކު ޕީއެސްޖީ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަ މެޗުން 16 ޕޮއިންޓު ހޯދައިގެންނެވެ.

ފްރާންސް ލީގުގައި ރެނެސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން އެއް ވަަނައިގައި ލީޑު ނަގައިފި އެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1 އިންނެވެ. ފުރަތަމަ ހާފުގައި ޕީއެސްޖީން އެއް ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ދެ ލަނޑު ޖެހި އެވެ. އަދި ރެނެސް އިން ވެސް ވަނީ ދެ ވަނަ ހާފުގައި ލަނޑެއް ޖަހައިފަ އެވެ.

މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ޕީއެސްޖީގެ މާކީނިއޯސް ޖެހި ލަނޑު، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ ބަލައި ނުގަންނަން ނިންމައިފަ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ ބާޑްލޭ ބާާކޮލާ އެވެ. އެއީ އޮސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

ދެ ވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައި ޕީއެސްޖީގެ ދެ ވަނަ ލަނޑު ޖެހީ ލީ ކަން އިން އެވެ. އޭގެ ފަހުން 68 ވަނަ މިނެޓުގައި ބާކޮލާ ވަނީ ޕީއެސްޖީގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އެއީ އަޝްރަފް ހަކީމީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. މެޗުގައި ރެނެސްގެ ހަމައެކަނި ލަނޑަކީ 75 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އާނައުޑް ކަލިމުއެންޑޯ ޖެހި ލަނޑެވެ.

މޮޅާއެކު ޕީއެސްޖީ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަ މެޗުން 16 ޕޮއިންޓު ހޯދައިގެންނެވެ. ފަސް މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް