ކ. މާލެ
|
28 ސެޕްޓެންބަރ 2024 | ހޮނިހިރު 11:15
މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ
ރޮއިޓާސް
ސައުދީ ޕްރޯ ލީގު
ޕެނަލްޓީ ގައި ރޮނާލްޑޯ ޖެހި ލަނޑުން މޮޅުވެ، އަލް ނަޞްރު ތިން ވަނަ އަށް
މި ހިނގާ 2024 ވަނަ އަހަރު ރޮނާލްޑޯ ވަނީ ކުލަބުގެ އިތުރުން، ޤައުމީ ޓީމުގައި ޖުމުލަ 30 ލަނޑު ޖަހައިފަ އެވެ.

ސައުދީ ޕްރޯ ލީގުގައި އަލް ވަހްދާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ނަޞްރުން ލީގު ތާވަލްގެ ތިން ވަނަ މަޤާމަށް ޖެހިލައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އަލް ނަޞްރުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އަލް ނަޞްރުން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ފަހު ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި އަލް ނަޞްރަށް ލީޑު ނަގައިދިނީ އެންޖެލޯ ގެބްރިއެލް އެވެ. އޭގެ ފަހުން ދެ ވަނަ ހާފުގައި އަލް ނަޞްރުން ދެ ވަނަ ލަނޑެއް ޖެހީ، އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެނެވެ. ދެ ވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އަލް ނަޞްރުގެ ދެ ވަނަ ލަނޑު ޖެހީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މިއީ ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ޖެހި 903 ވަނަ ލަނޑެވެ. އަދި ސައުދީ ލީގުގެ އަލް ނަޞްރަށް ބަދަލުވީ ފަހުން އެ ކުލަބަށް އޭނާ ޖަހައިދިން 70 ވަނަ ލަނޑެވެ. މި ހިނގާ 2024 ވަނަ އަހަރު ރޮނާލްޑޯ ވަނީ ކުލަބުގެ އިތުރުން، ޤައުމީ ޓީމުގައި ޖުމުލަ 30 ލަނޑު ޖަހައިފަ އެވެ.

މޮޅާއެކު އަލް ނަޞްރު ތިން ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުން 11 ޕޮއިންޓު ހޯދައިގެންނެވެ. އަލް ނަޞްރުގެ ކޯޗަކަށް ދާދި ފަހުން ހަމަޖެއްސި ސްޓެފާނޯ ޕިއޯލީގެ އިރުޝާދުގެ ދަށުން އެ ކުލަބުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް