ކ. މާލެ
|
26 ސެޕްޓެންބަރ 2024 | ބުރާސްފަތި 20:00
ކްރިމިނަލް ކޯޓުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
ކްރިމިނަލް ކޯޓުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
މިހާރު
ފޭރުމުގެ މައްސަލަ އެއް
ހަތިޔާރު ބޭނުންކޮށްގެން އެހެނިހެން ތަކެތި ފޭރުމުގެ މައްސަލައިގައި ހިމެނޭ ތިން މީހަކު ބަންދުން ދޫކޮށްލައިފި
ނާޒިޝް އާއި އަލީމް އެ އަމަލުގައި އެއްވެސް މިންވަރަކަށް ބައިވެރި ނުވާކަމަށް ބުނެފައިވާ ކަން ޝަރީއަތުން ފާހަގަކުރޭ

ހަތިޔާރު ބޭނުންކޮށްގެން އެހެނިހެން ތަކެތި ފޭރުމުގެ މައްސަލައިގައި ހިމެނޭ ތިން މީހަކު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އޭގެ ތެރޭގައި ހިމެނެނީ ސ.ހިތަދޫ، އެބީވިލާ، އުމުރުން 26 އަހަރުގެ އަލީ އަކްރަމް އާއި ސ.ހިތަދޫ، ގުލްބަކާގެ، އުމުރުން 28 އަހަރުގެ ނާޒިޝް ނާޒިމް، ސ.ހިތަދޫ ފަނާވިލާގެ، އުމުރުން 24 އަހަރުގެ ހަސަން އަލީމް ޒުހުރީއެވެ.

މި ތިން މީހުން ދޫކޮށްލީ ވަކި ވަކިން ނެރެފައިވާ ކޯޓު އަމުރުތަކަކާއި އެކުގައެވެ.

އަކްރަމް އާއި ނާޒިޝް ބަންދުން ދޫކޮށްލުމަށް އަމުރުކުރި ސަބަބު ބަޔާންކޮށް ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރި ކަމަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ޤާނޫނުލް އުޤޫބާތުގެ 211 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ 210 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ ނަމްބަރުގެ ދަށުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށް އެ އަމުރުގައި ވަނީ ބުނެފައެވެ.

Advertisement

އެ ކުށް ސާބިތުވެއްޖެ ނަމަ އޭނާ އަށް އަންނާނެ އަދަބުގެ އަސާސީ މިންގަނޑަކީ 01 އަހަރާއި، 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. މި މައްސަލައިގައި މިހާތަނަށް 45 ދުވަސްވަންދެން އަކްރަމް އާއި ނާޒިޝް އަދި އަލީމް ވެސް ބަންދުގައި ބަހައްޓާފައިވާ ކަމަށް އެ އަމުރުގައި ވަނީ ފާހަގަކޮށްފައެވެ. އެ މައްސަލައިގައި ވިކްޓިމްގެ އަތުން އަތުލާފައިވާ ތަކެތި އަނބުރާ އެ މީހާ އަށް ރައްދުކޮށްފައިވާ ކަމަށް ވެސް އެ އަމުރުގައި ވެއެވެ. އަދި އަކްރަމް އަދި ނާޒިޝް އަކީ ކުށުގެ ރެކޯޑް އޮތް ބައެއް ކަމަށް ވީ ނަމަވެސް އެ އަމަލު ހިންގާފައިވާ ގޮތަށް އަދި ހާދިސާގެ ފަސްފަހަތުގައިވާ ކަންކަމާއި، ވިކްޓިމްގެ ބަޔާނުގައި ހުރި ކަންކަމަށް ރިއާޔަތްކޮށް އެ 3 މީހުން އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

ހަމައެހެންމެ ނާޒިޝް އާއި އަލީމްގެ ބައިވެރިވުން މި އަމަލުގައި ކުޑަ ކަމަށް އެ ދެމީހުން ދޫކޮށްލަން ކޯޓުން ކުރި އަމުރުގައި ވަނީ ބުނެފައެވެ. އަދި ނާޒިޝް އާއި އަލީމްގެ މައްސަލަ އާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާ ހިމެނޭ މައްސަލަ އަކީ ޖިނާއީ ބޮޑު ކުށެއް ކަމަށް ދައުލަތުން ބުނި ނަމަވެސް ހުށަހެޅިފައިވާ ކަންކަމަށް ބަލާއިރު ޝަރީއަތަށް އެގޮތަށް ނުފެންނަ ކަމަށެވެ. އަދި ނާޒިޝް އާއި އަލީމް އެ އަމަލުގައި އެއްވެސް މިންވަރަކަށް ބައިވެރި ނުވާކަމަށް ބުނެފައިވާ ކަން ޝަރީއަތުން ފާހަގަކުރެއެވެ.

އެ މައްސަލައިގައި 5300 އެމެރިކާ ޑޮލަރުގެ ޗެކެއް އަނިޔާ ލިބުނު މީހާގެ ފަރާތުން ނެގިކަމަށް ބުނާއިރު، އެ ޗެކް އަނިޔާ ލިބުނު މީހާގެ ފަރާތުން އަމިއްލަ އަށް އޭނާ އާއި ހަވާލުކޮށްފައިވާ ކަމަށާއި އެ ޗެކް އަނިޔާ ލިބުނު މީހާ އަށް ހަވާލުކޮށްފައިވާ ކަމަށް އަކްރަމް ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް