Advertisement
ކ. މާލެ
|
25 ސެޕްޓެންބަރ 2024 | ބުދަ 19:50
ފިނޭންސް މިނިސްޓްރީގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
ފިނޭންސް މިނިސްޓްރީގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
ފިނޭންސް މިނިސްޓްރީ
ސަރުކާރުގެ ދަރަނި
2024 ވަނަ އަހަރު އެކަނިވެސް ސަރުކާރުން ނެގި ލޯނުގެ އަދަދު 200 މިލިއަން ޑޮލަރަށް އަށް އަރާ
ސަބްމެރިން ކޭބަލްގެ މަޝްރޫއަށް ނެގި ދެ ލޯނަށް ސަރުކާރުން ގެރެންޓީ ދީފައިވޭ
މި ސަރުކާރުގައި އިސްކޮށް ތިބި ފަރާތްތަކުން ވަނީ ލޯނު ނަގައިގެން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ އުސޫލު ބަލައިނުގަންނަ ކަމަށް ބުނެ ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފަ
ސަރުކާރުން ބުނާ ގޮތުން މި ހުރިހާ ލޯނުތައް ނަގާފައި ވަނީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް

2024 ވަނަ އަހަރުގެ މިހާތަނަށް އެކަނިވެސް ސަރުކާރުން ނެގި ލޯނުގެ އަދަދު 200 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ) އަށް އަރާކަން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ސަރުކާރުން ވަނީ ސައުދީ ފަންޑް ފޯ ޑިވަލޮޕްމެންޓުން 150 މިލިއަން ޑޮލަރުގެ ލޯނު ނަގާފައެވެ. އެ ހިސާބުތައް ދައްކާ ގޮތުން އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަވަސްކުރުމަށްޓަކާ ނަގާފައިވާ ދެ ލޯނެވެ.

މީގެ އިތުރުން އެސްއެމްއީ އިމްޕެކްޓް ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން އިސްލާމިކް ޑިވަލޮޕްމެންޓް ބޭންކުން ދެ ލޯނު ނަގާފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ 10.25 މިލިއަން ޑޮލަރުގެ ލޯނަކާއި 30 މިލިއަން ޑޮލަރުގެ ލޯނެކެވެ. މީގެ އިތުރުން މި އަހަރުގެ ތެރޭގައި ކުވައިތު ފަންޑުން 10 މިލިއަން ޑޮލަރުގެ ލޯނެއް ވަނީ ނަގާފައެވެ. އެއީ ރަށްރަށުގެ ހޮސްޕިޓަލް ހެދުމަށް ކުވައިތު ފަންޑުން ނެގި ލޯނެކެވެ.

Advertisement

އަދި ހަމައެހެންމެ މިހާތަނަށް ދެ ލޯނަކަށް ސަރުކާރުން ވަނީ ގެރެންޓީ ދީފައެވެ. ސަރުކާރުން ގެރެންޓީ ދިން ދެ ލޯނަކީ ބޭންކް އޮފް ސިލޯނުން މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އަށް ދޫކޮށްފައިވާ 230 މިލިއަން ރުފިޔާގެ ދެ ލޯނެވެ. އެ ދެ ލޯނަކީ ސަބްމެރިން ކޭބަލްގެ މަޝްރޫއަށް ނެގި ލޯނެވެ.

ސަރުކާރުން ބުނާ ގޮތުން މި ހުރިހާ ލޯނުތައް ނަގާފައި ވަނީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށެވެ. އަދި އެ ލޯނަށް ވާ ފައިސާ ދޫކުރަމުން ދާނީ މަޝްރޫއުތައް ކުރިއަށް ދާ މިންވަރަކުން އެކި ބައިބަޔަށެވެ.

މި ސަރުކާރުގައި އިސްކޮށް ތިބި ފަރާތްތަކުން ވަނީ ލޯނު ނަގައިގެން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ އުސޫލު ބަލައިނުގަންނަ ކަމަށް ބުނެ ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް