Advertisement
ކ. މާލެ
|
6 ނޮވެންބަރ 2025 | ބުރާސްފަތި 16:10
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
އަވަސް
ފިނޭންސް މިނިސްޓްރީ
ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި
ޚިދުމަތް ހޯދާ މީހުންނަށް މިފަހުން ބިލްތަކަށް ފައިސާ ދެއްކުމަށް ދަތިތައް ވަނީ ކުރިމަތިވެފައި
ކޮންމެ މީހަކީ ސްމާޓް ފޯނާއި، ކޭޝް ކާޑު ގެންގުޅޭނެ މީހެއް ނޫން
ދިވެހި ފައިސާގެ ނޫޓު ނެގުން މެދުކަނޑާލާފައިވާއިރު، ރަސްމީކޮށް މި އެންގުން އަންގާފައިނުވޭ

ފިނޭންސް މިނިސްޓްރީން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުންނަށް މިފަހުން ބިލްތަކަށް ފައިސާ ދެއްކުމަށް ދަތިތައް ވަނީ ކުރިމަތިވެފަ އެވެ. ފައިސާއިން ބިލް ދެއްކުމަށް މަސައްކަތް ކުރުމުން ނޫޓު ނުނަގާ ކަމަށް ޚިދުމަތް ހޯދާ މީހުންނަށް އަންގަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.

ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރަމުންދާތީ، ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ފަށާއިރު ޕްރޮގްރާމްގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލަށް ގުޅުމުން މީޑިއާ އޮފިޝަލް ވިދާޅުވީ ފިނޭންސް މިނިސްޓްރީން އަންގައިގެން ނޫޓުން ފައިސާ ނެގުން މެދުކަނޑާލާފައިވާ ކަމަށެވެ. އެއީ ކޮން އުސޫލަކުން ގެނައި ބަދަލެއް ކަމެއް ވިދާޅުވެފައި ނުވެ އެވެ. އަދި މިހާރު ހުރިހާ ޚިދުމަތަކަށް ފައިސާ ދައްކަމުން ދަނީ ޕޯޓަލް ނުވަތަ ކާޑު މެދުވެރި ކޮށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކަންބޮޑުވުންފާޅު ކުރި ބައެއް މީހުން ބުނެފައިވަނީ ކޮންމެ މީހަކީ ސްމާޓް ފޯނާއި، ކޭޝް ކާޑު ގެންގުޅޭނެ މީހެއް ނޫން ކަމަށާއި، ޕޯޓަލް މެދުވެރިކޮށް ފައިސާ ދައްކާނެ ބައެއް ނޫން ކަމަށެވެ. މި ބަދަލު ގެނެސްފައިވާތީ އުމުރުން ދުވަސްވީ މީހުންނަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ކަމަށް އެމީހުން ބުނެފައިވެ އެވެ. އަދި ކުއްލި ހާލަތެއް މެދުވެރިވާ ހާލަތެއްގައި ވެސް މި ގޮތަށް އަމަލު ކުރާނަމަ ފައިސާ ނުދެއްކޭނެ ކަމަށް އެމީހުން ބުނެފައިވެ އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ދިވެހި ފައިސާގެ ނޫޓު ނެގުން މެދުކަނޑާލާފައިވާއިރު، ރަސްމީކޮށް މި އެންގުން އަންގާފައިނުވެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން ވެސް ސަރުކާރުގެ ޚިދުމަތް ދޭ ބައެއް ކުންފުނިތަކުން ފައިސާގެ ނޫޓު ނެގުން ވަނީ މެދުކަނޑާލާފަ އެވެ. ނަމަވެސް ސަރުކާރުން ދަނީ ވަރަށް ބޮޑު މަޝްރޫއެއްގެ ގޮތުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކާ ގުޅިގެން އޭޓީއެމްތައް ބެހެއްޓުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

- ކޮމެންޓް