Advertisement
ކ. މާލެ
|
25 ސެޕްޓެންބަރ 2024 | ބުދަ 14:59
އައްޑޫސިޓީ ކަރަންޓު މައްސަލައާ ގުޅިގެން ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި
އައްޑޫސިޓީ ކަރަންޓު މައްސަލައާ ގުޅިގެން ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި
ރާއްޖެއެމްވީ
އައްޑޫ ކަރަންޓު މައްސަލަ
އައްޑޫގައި މިހާރު މައްސަލަ ދިމާވަމުންދަނީ ހައިވޯލްޓޭޖް ކޭބަލްތަކުގައި، އިތުރު މައްސަލަތައްވެސް އެބަހުރި: ނިޒާރު
މި މައްސަލަ ހައްލު ކުރުމަށް މަސައްކަތްތައް ކުރަމުންދާކަމަށްވެސް ނިޒާރު ވިދާޅުވި
ބޮޑަށް މައްސަލަ ދިމާވެފައިވަނީ ގަމާއި، ހިތަދޫ ކޭބަލަކަށް ކަމަށްވެސް ނިޒާރު ވިދާޅުވި

އައްޑޫގައި މިހާރު މައްސަލަ ދިމާވަމުންދަނީ ހައިވޯލްޓޭޖް ކޭބަލްތަކުގައި ކަމަށާއި، އިތުރު މައްސަލަތައްވެސް އެބަހުރިކަމަށް އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީ ކަރަންޓު މައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ، ކަރަންޓު މައްސަލަ ދިމާވެގެން އުޅޭ ކަމަށާއި، މިފަހަރު ކަރަންޓު ދިޔައީވެސް އައްޑޫސިޓީއާ ގުޅިފައިވާ ހުރިހާ ރަށަކުން ކަމަށެވެ.  

މިހާރު މައްސަލަ ދިމާވަމުންދަނީ ހައިވޯލްޓޭޖް ކޭބަލްތަކުގައިކަމަށްވެސް ނިޒާރު ވިދާޅުވިއެވެ. އެގޮތުން ބޮޑަށް މައްސަލަ ދިމާވެފައިވަނީ ގަމާއި، ހިތަދޫ ކޭބަލަކަށް ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

Advertisement

އޭގެ އިތުރުންވެސް އައްޑޫގެ ކަރަންޓު މައްސަލަތައް އެބަހުރިކަމަށް ނިޒާރު ވިދާޅުވިއެވެ. އެގޮތުން މިހާރު އައްޑޫ ސިޓީއަށް ބޭނުންވާ މިންވަރަށް ކަރަންޓު ނުއުފެއްދޭކަން ނިޒާރު ފާހަގަ ކުރެއްވިއެވެ. އެކަމުގެ ސަބަބުންވެސް އިންޖީނުގެ ޙާލަތު އިތުރަށް ދަށަށް ދާކަމަށް ނިޒާރު ވިދާޅުވިއެވެ.

މި މައްސަލަ ހައްލު ކުރުމަށް މަސައްކަތްތައް ކުރަމުންދާކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް