ކ. މާލެ
|
24 ސެޕްޓެންބަރ 2024 | އަންގާރަ 15:59
އެމެރިކާ ސިފައިން ސީރިއާ ގައި ހަރަކާތްތެރި ވަނީ
އެމެރިކާ ސިފައިން ސީރިއާ ގައި ހަރަކާތްތެރި ވަނީ
އަނަދޮލޫ
ލުބްނާން-އިޒްރޭލް ހަނގުރާމަ
އެމެރިކާގެ އިތުރު ސިފައިން މެދުއިރުމައްޗަށް ފޮނުވަނީ
ފާއިތުވި މަސްތަކުގައި މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންގެ އަދަދު 40،000 އަށް ވަނީ އިތުުރުކޮށްފައެވެ.

މެދުއިރުމަތީގައި ލުބުނާނުގެ ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހޫނުވަމުން ދާ މިދަނޑިވަޅުގައި އެމެރިކާއިން މެދުއިރުމައްޗަށް އިތުރު ސިފައިން ފޮނުވަން ނިންމައިފި ކަމަށް ޕެންޓަގަން އިން ހޯމަ ދުވަހު ބުނެފިއެވެ.

"މެދުއިރުމަތީގައި އިތުރުވަމުންދާ ހަމަލާތަކާ ގުޅިގެން އިތުރު ރައްކާތެރިކަމަށްޓަކައި، މިހާރުރުވެސް އެ ސަރަޙައްދުގައި ތިބި ސިފައިންނާ އެކު މަސައްކަތްކުރުމަށް އިތުރު މަދު އަދަދެއްގެ އެމެރިކާ ސިފައިން ފޮނުވަމުން އެބަދޭ،" ޕެންޓަގަންގެ ޕްރެސް ސެކްރެޓަރީ މޭޖަރ ޖެނެރަލް ޕެޓް ރައިޑަރ، ސައުދީ އަރަބިއްޔާގެ އަލް-އަރަބިއްޔާ އިންގްލިޝް އަށް މައުލޫމާތު ދެމުން ހާމަކޮށްފައިވެއެވެ.

އިޒްރޭލުގެ ދިފާއުގައި ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށް ތަކުރާރުކޮށް ބުނެފައިވާ އެމެރިކާއިން ވަނީ ފާއިތުވި މަސްތަކުގައި އެ ސަރަޙައްދުގައި ތިބި އެ ގައުމުގެ ސިފައިންގެ އަދަދު 40،000 އަށް އިތުރުކޮށްފައެވެ. އިތުރަށް ފޮނުވަނީ ކިތައް ސިފައިންކަން ޕެންޓަގަން އިން ހާމަކޮށްފައެއް ނުވެއެވެ.

ހަފްތާ ބަންދުގައި ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ލުބުނާނުގައި ތިބި އެމެރިކާގެ ރައްޔިތުންނަށް އެ ޤައުމުން ފުރައިގެން ދިއުމަށް އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް