ކ. މާލެ
|
23 ސެޕްޓެންބަރ 2024 | ހޯމަ 09:52
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ޔަމާލް އަދި ލެވަންޑޯސްކީ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ޔަމާލް އަދި ލެވަންޑޯސްކީ އުފާ ފާޅު ކުރަނީ
ރޮއިޓާސް
ސްޕެނިޝް ލީގު
ފަސް ލަނޑުގެ މޮޅާއެކު ބާސެލޯނާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް
މޮޅާއެކު ބާސެލޯނާ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަ މެޗުން ވެސް މޮޅުވެ، 18 ޕޮއިންޓާ އެކު އެވެ.

ސްޕެނިޝް ލީގުގައި ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބާސެލޯނާ އިން އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.

ވިޔަރެއާލްގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 5-1ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ދެ ލަނޑު ޖެހިއިރު، ވިޔަރެއާލް އިން ލަނޑެއް ޖެހި އެވެ. ބާސެލޯނާގެ އަނެއް ތިން ލަނޑު ވެސް އެ ޓީމުން ޖެހީ ފަހު ހާފުގަ އެވެ.

މެޗު ފަށައިގެން 20 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އެވެ. އެ ލަނޑު އޭނާ ޖެހީ ޕަބްލޯ ޓޮރޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން މެޗުގެ 35 ވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ ދެ ވަނަ ލަނޑެއް ޖަހައި، ބާސެލޯނާގެ ލީޑު ފުޅާ ކޮށްފަ އެވެ. އޭގެ ތިން މިނެޓު ފަހުން ވިޔަރެއާލްގެ އަޔޯޒޭ ޕެރޭޒް ވަނީ ލަނޑެއް ޖަހައިފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ބާސެލޯނާގެ ތިން ވަނަ ލަނޑު ޖެހީ ޓޮރޭ އެވެ. އޭގެ ފަހުން މެޗުގެ 67 ވަނަ މިނެޓުގައި ބާސެލޯނާ އަށް ވަނީ ޕެނަލްޓީ އެއް ވެސް ލިބިފަ އެވެ. ޕެނަލްޓީ ކާމިޔާބުކޮށް މެޗުގައިޮ ހެޓްރިކް ހެދުމަށް ލިބުނު ފުރުސަތު ލެވަންޑޯސްކީ އަށް ކާމިޔާބެއް ނުކުރެވުނެވެ. މެޗުގައި ބާސެލޯނާގެ ހަތަރު ވަނަ ލަނޑާއި، ފަސް ވަނަ ލަނޑު ޖެހީ ބްރެޒިލްގެ ރަފީނިއާ އެވެ. އެއީ ޕައު ވިކްޓޯ އަދި ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރަފީނިއާ ޖެހި ދެ ލަނޑެވެ.

މޮޅާއެކު ބާސެލޯނާ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަ މެޗުން ވެސް މޮޅުވެ، 18 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބެނީ 14 ޕޮއިންޓެވެ.

- ކޮމެންޓް