ކ. މާލެ
|
22 ސެޕްޓެންބަރ 2024 | އާދީއްތަ 10:41
މެޗުގައި ލަނޑު ޖެހުމަށްފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ފްރާންސް ލީގު
ރެއިމްސް ކައިރިން ޕީއެސްޖީ ސަލާމަތްކޮށްދިނީ ޑެމްބެލޭ
ފަސް މެޗުން 13 ޕޮއިންޓާ އެކު ޕީއެސްޖީ އޮތީ އެއް ވަނައިގަ އެވެ.

ފްރާންސް ލީގުގައި ރެއިމްސްއާ ދެކޮޅަށް ކުޅުނު މެޗުން، އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އެއްވަރުވެއްޖެ އެވެ.

ރެއިމްސްގެ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ރެއިމްސް އިން ލަނޑު ޖަަަހައި ލީޑު ނަގާފައި ވަނިކޮށް، ޕީއެސްޖީން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ރެއިމްސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ކެއިޓޯ ނަކަމުރާ އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ޕީއެސްޖީން ކުރި މަސައްކަތް އެ ޓީމަށް ކާމިޔާބު ކުރެވުނީ ފަހު ހާފުގަ އެވެ. މެޗުގެ 68 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އޮސްމާން ޑެމްބެލޭ އެވެ. އޭނާ އެ ލަނޑު ޖެހީ ޔާއޯ ނެވެސް ތަނަބަސްކޮށްދިން ފުރުސަތެއްގަ އެވެ.

ނަތީޖާ އާއެކު ވެސް ޕީއެސްޖީ އޮތީ އެއް ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ފަސް މެޗުން 13 ޕޮއިންޓާ އެކު އެވެ. ހަތަރު މެޗުން ޕީއެސްޖީ މޮޅުވެފައިވާއިރު، އެއްވަރުވީ އެންމެ މެޗެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް