ކ. މާލެ
|
17 ސެޕްޓެންބަރ 2024 | އަންގާރަ 22:41
ސީޕީސީގެ ދަޢުވަތަކަށް ޗައިނާއަށް ދާ ޕީއެންސީގެ ވަފުދު
ސީޕީސީގެ ދަޢުވަތަކަށް ޗައިނާއަށް ދާ ޕީއެންސީގެ ވަފުދު
ޕީއެންސީ
ޕީއެންސީ
ޕީއެންސީގެ ބޮޑު ވަފުދެއް ޗައިނާއަށް ފުރައިފި
މި ދަތުރު ހަމަޖެހިފައިވަނީ ސެޕްޓެންބަރު 18ން 26ށް
މަޤްސަދަކީ އިޤުތިޞާދީ ކުރިއެރުން ޗައިނާއިން ހާސިލުކުރި ގޮތުގެ ތަޖުރިބާއިން ދަސްކުރުން ކަމަށް ބުނޭ
ދަތުރުގައި އިސްކޮށް ހުންނެވީ ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީނު

ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ)ގެ ދައުވަތަކަށް ރާއްޖޭގެ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އިސް ވަފުދެއް އަންގާރަ ދުވަހު ޗައިނާއަށް ފުރައިފި ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީއެންސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ދަތުރަކީ ސީޕީސީގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ ދަޢުވަތަކަށް ކުރާ ދަތުރެއް ކަމަށާއި މި ދަތުރުގައި ޕީއެންސީގެ ފަރާތުން އެންމެ އިސްކޮށް ހުންނަވާނީ ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީނު ކަމަށެވެ.

މި ދަތުރުގެ މަޤްސަދަކީ ފަހުގެ ތާރީޚެއްގައި ދުނިޔެ ދުށް އެންމެ ހަލުއި އިޤުތިޞާދީ ކުރިއެރުން ޗައިނާއިން ހާސިލުކުރި ގޮތުގެ ތަޖުރިބާއިން ދަސްކުރެވެން ހުރި ކަންކަން ދަސްކޮށް ދެ ޕާޓީގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް ތަޖުރިބާތައް ހިއްސާކުރުން ކަމަށް ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން، ސެޕްޓެންބަރު 18ން 26ށް ކުރުމަށް ހަމަޖެހިފައިވާ މި ދަތުރުގައި ޕީއެންސީގެ ވަފުދު ޗައިނާގެ 5 ސިޓީއަކަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޕީއެންސީ އިން ބުނެފައިވަނީ މި ދަތުރުގައި ސީޕީސީގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ މިނިސްޓަރ ލިއު ޖިންޗާއޯ އާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމުގައެވެ.

- ކޮމެންޓް