ކ. މާލެ
|
16 ސެޕްޓެންބަރ 2024 | ހޯމަ 10:17
ހުޅުމާލޭގައި މީގެ ކުރިން ހިނގި ކާރު އެކްސިރެންޓްއެއްގެ ސީންގައި ފުލުހުން ހަރަކާތްތެރިވަނީ (ފައިލް ފޮޓޯ)
ހުޅުމާލޭގައި މީގެ ކުރިން ހިނގި ކާރު އެކްސިރެންޓްއެއްގެ ސީންގައި ފުލުހުން ހަރަކާތްތެރިވަނީ (ފައިލް ފޮޓޯ)
ޕޮލިސް
ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގުން
ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅުވައިދޭ ބްރިޖް މަތީގައި ހިނގި އެކްސިޑެންޓެއްގައި 24 އަހަރުގެ ފިރިހެނަކަށް އަނިޔާވެއްޖެ
އެކްސިޑެންޓެއްގައި އަނިޔާވެފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނަކަށް
އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅުވައިދޭ ބްރިޖް މަތީގައި ލޮރީއަކާއި ސައިކަލެއް ޖެހިގެން

ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅުވައިދޭ ބްރިޖް މަތީގައި ހިނގި އެކްސިޑެންޓެއްގައި 24 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެ ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ލޮރީއަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ.

މި ހާދިސާ ހިނގުމާ ގުޅިގެން އެ ހާދިސާ ހިނގި ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، އެކްސިޑެންޓްގައި އަނިޔާވި ސައިކަލް ދުއްވި މިހާ ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް އިތުރުވެފައިވާއިރު، ފާއިތުވި ދުވަސްތަކުގައި ހިނގި އެކްސިޑެންޓްތަކުގައި ދެ މީހަކު ނިޔާވެފައި ވެއެވެ. މިކަމާ ގުޅިގެން މަގުމަތީގެ ސަލާމަތީ ފިޔަވަޅުތައް ވަނީ އިތުރުކޮށްފައެވެ. އަދި ފުލުހުން ވަނީ އެކި ސަރަޙައްދުތަކުގައި ޗެކްޕޮއިންޓްތައް ގާއިމުކޮށް އެކްސިޑެންތްތައް މަދު ކުރުމުގެ މަސައްކަތް ފަށާފައެވެ. މަގުމަތީގައި ދުއްވާއިރު ސަމާލުވުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް