Advertisement
ކ. މާލެ
|
15 ސެޕްޓެންބަރ 2025 | ހޯމަ 15:16
މާފުށީ ޖަލުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
މާފުށީ ޖަލުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
ސަން އޮންލައިން
މާފުށީ ޖަލު
ސްކޭމާއި ދެކޮޅަށް މާފުށި ޖަލުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 33 ފޯނު އަތުލައިގެންފި
އިއަރޕޮޑް، ހެޑްސެޓް، ފޯނު ޗާޖުކުރާ ކޭބަލް، އަދި ސިމްކާޑު ފެނިފައިވޭ
މިފަދަ އިތުރު އޮޕަރޭޝަންތައް ކަރެކްޝަންސްއާ ގުޅިގެން ކުރިއަށް ގެންދާނެ
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން

ސްކޭމާއި ދެކޮޅަށް މާފުށި ޖަލުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 33 ފޯނު އަތުލައިގެންފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ، އެ ޚިދުމަތަށް ހުށަހެޅޭ ސްކޭމް މައްސަލަތަކާ ގުޅިގެން ކުރެވުނު ތަހުގީގު ތަކުން އެނގިފައިވާ ގޮތުގައި، މިފަދަ ބައެއް މައްސަލަތަކުގައި މާފުށީ ޖަލުގައި ބަންދުކުރެވިފައި ތިބޭ ގައިދީން ބައިވެރިވާކަން ފާހަގަކުރޭ ކަމަށެވެ.

އެހެންކަމުން، 11 ސެޕްޓެމްބަރު 2025 ގައި މާފުށީ ޖަލުގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި އެކި ބްރޭންޑްތަކުގެ 33 މޯބައިލް ފޯނާއި، އިއަރޕޮޑް، ހެޑްސެޓް، ފޯނު ޗާޖުކުރާ ކޭބަލް، އަދި ސިމްކާޑު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މީގެ އިތުރުން ފުލުހުން ބުނީ، ސްކޭމް މަދުކުރުމަށް ފަށާފައިވާ ޚާއްސަ މަސައްކަތުގެ ތެރެއިން މިފަދަ އިތުރު އޮޕަރޭޝަންތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ.

ދޭތެރެދޭތެރެއިން މާފުށީ ޖަލުގައި ޚާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސް ގިނަ އަދަދެއްގެ މޯބައިލް ފޯނާއި، ފައިސާތައް އަތުލައިގަނެއެވެ. މިތަކެތި ޖަލުގައި ތިބޭ ގައިދީންނަށް ފޯރުކޮށްދެނީ ޖަލު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ކަރެކްޝަންސް އޮފިސަރުން ކަމަށާއި، ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވެއެވެ. ނަމަވެސް މިހާތަނަށް މި މައްސަލަ ހައްލު ކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅެއް އެއްވެސް ސަރުކާރަކަށް އެޅިފައިނުވެއެވެ.

- ކޮމެންޓް