މާފަންނު ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުންގެ ޚިދުމަތުން މީޑިއާ ތަކަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައި ވަނީ، މާފަންނު ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރުގެ މައްސަލައިގައި، ޖިނާއީ ކުށުގެ ތުހުމަތު ކުރެވޭ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ރިޕޯޓު ލިބިފައި ވަނީ، ހޯމަ ދުވަހުގެ ހެނދުނު 07:22 ހާއިރު ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ބައެއް މީޑިއާ ތަކުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ކަރަށް ޒަޚަމުތައް ލިބިފައިވާ ކަމަށް ބުނެފައި ވީ ނަމަވެސް، ފުލުހުން އެކަން ކަށަވަރު ކޮށްދީފައި ނުވެ އެވެ.