ކ. މާލެ
|
16 ސެޕްޓެންބަރ 2024 | ހޯމަ 11:10
ދުފާތަކެތި
ދުފާތަކެތި
ރާއްޖެ އެމްވީ
ދުފާތަކެތި ބޭނުންކުރުން މަދުވުން
ކެފޭތަކުގެ ތަބަކުގައި ހުންނަ ދުފާތަކެތި ބޭނުންކުރާ މީހުންގެ އަދަދު މަދުވަނީ
އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ދުފުމަށް ބޭނުންކުރާ ފޯއް ކޮށައި ، އޭގެ ވިޔަފާރިކުރަމުން ދިޔަ ބިދޭސީންތަކެއް އެކަންކުރާ ގޮތުގެ މަންޒަރުތައް އާންމުވުމުން ދުފުމުގެ ވިޔަފާރި ދަށްވެގެންދިޔައެވެ. މިހާރު ކެފޭތައް ހިންގާ މީހުން ބުނަނީ ތަބަކުގައި ހުންނަ ފޯއް ބޭނުންކުރާ ދިވެހިންގެ އަދަދު މަދުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ.

ބިދޭސީންތަކެއް ސާފުތާހިރުކަން ކުޑަ ގޮތަށް ދުފުމަށް ބޭނުންކުރާ ފޯއް ކޮށައި ވިއްކުމުގެ މަސައްކަތްކުރަމުންދާ ފޮޓޯތައް އާންމުވިފަހުން ކެފޭތަކުގައި ތަބަކުގައި ހާމަޔަށް ، ހުންނަ ދުފާތަކެތި ބޭނުންކުރާ މީހުންގެ އަދަދު މަދުވާން ފަށައިފިކަމަށް ކެފޭތައް ހިންގާ ގިނަ ފަރާތްތަކުން ބުނެފިއެވެ.

ރާއްޖެއެމްވީއާ ވާހަކަދައްކަމުން ކެފޭއެއް ހިންގާ ފަރާތަކުން ބުނީ ތަބަކުގައި ހާމަޔަށް ހުންނަ ދުފާތަކެތި ބޭނުންކުރާ މީހުންގެ އަދަދު މަދުވާންފެށީ ސަފުތާހިރު ސާފުތާހިރުކަން ކުޑަ ގޮތަކަށް، ދުފަން ބޭނުންކުރާ ފޯއް ކޮށައި ،ވިއްކުމުގައި އުޅުނު ބިދޭސީންތަކެއް އެމަސައްކަތްކުރަމުން ދިޔަ ގޮތް އާންމުވި ހިސަބުން ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ ބުނީ ބިދޭސީންތަކެއްގެ ފަރާތުން އެކަން އެގޮތަށްވި ކަމުގައި ވީނަމަވެސް، ސާފުތާހިރުކޮށް ދުފަން ބޭނުންކުރާ ފޯއް ކޮށައި، ވިއްކާ ދިވެހިންގެ އަދަދު މަދުނުވާނެ ކަމަށެވެ.

ރާއްޖެއެމްވީއާ ވާހަކަދެއްކި އެހެން ކެފޭއެއް ހިންގާ ފަރާތަކުން ބުނީ އެކެފޭގައި ޕެކެޓްކޮށްފައި ހުންނަ ކޮށިފޯއް ބޭނުންކުރާ ދިވެހިން މަދު ނޫން ކަމަށެވެ. އެކަމަކު ތަބަކުގައި ހާމަޔަށް ހުންނަ ދުފާތަކެތި ބޭނުންކުރާ ދިވެހިން މަދުކަން މިހާރު ފާހަގަވާ ކަމަށެވެ.

އޭނާ ފާހަގަކުރި ގޮތުގައި ޖުމްލަކޮށް ކެފޭތަކުގައި ދުފާތަކެތީގެ އަގު އުފުލުނީ ބާޒާރުން ފޯއް ގަންނަން ލިބޭ އަގު ބޮޑުވުމާ ގުޅިގެން ކަމަށެވެ.

ރާއްޖެއަށް ފޯއް އެތެރެކުރާ ކުންފުންޏަކުން ބުނީ ބިދޭސީންގެ ކޮށިފޯއް ވިއްކުމާ ގުޅޭ މަންޒަރުތައް އާންމުވި ފަހުން އަމިއްލަ ބޭނުމަށް ގޭގައި ދުފުމަށް، ނުކޮށާ ހުންނަ ދުފަން ބޭނުންކުރާ ފޯއް ވިކުން އިތުރުވި ކަމަށެވެ. އަދި މިހާރު ވެސް ދުފުމަށް ބޭނުންކުރާ ފޯކުގެ ވިޔަފާރި ދަށް ނޫން ކަމަށެވެ.

ސަފުތާހިރުކަން ކުޑަ ތަނެއްގައި ދުފަން ބޭނުންކުރާ ފޯއް ކޮށައި ވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނައީ މިދިޔަ އޮގަސްޓް މަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް