ކ. މާލެ
|
12 ސެޕްޓެންބަރ 2024 | ބުރާސްފަތި 23:53
ވެރިކަމަށް މުއިއްޒު ވަޑައިގެންނެވުމަށް ދެއްކި "ގޮނޑިކޮޅު" މިއަދު ވީތަނެއްވެސް ނޭނގޭ
ވެރިކަމަށް މުއިއްޒު ވަޑައިގެންނެވުމަށް ދެއްކި "ގޮނޑިކޮޅު" މިއަދު ވީތަނެއްވެސް ނޭނގޭ
ރާއްޖެއެމްވީ
ޔާމީން-މުއިއްޒުގެ އަރާރުން
މުއިއްޒު ސަރުކާރުން ކުރާ ކޮންމެ ކަމެއް ކުރަނީ މީހުންނަށް ރިޝްވަތު ދީގެން ފައިސާ ބަހައިގެން: ރައީސް ޔާމީން
ޕީޕީއެމްގެ ސެނެޓް އޮތީ ރައީސް މުއިއްޒު ބައްލަވައިގަތްފައި
ޣައްސާން އާއި ޝިޔާމް ތިއްބެވީ ޕީޕީއެމްގެ ހުރިހާ އުސޫލްތަކަށް ޣައްދާރުވެފައި
މުއިއްޒު ކުރައްވާ ކޮންމެ ކަމެއް ކުރައްވަނީ ފައިސާގެ ބާރުގައި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރާ ކޮންމެ ކަމެއް ކުރަނީ ނާޖާއިޒް ކޮށް މީހުންނަށް ރިޝްވަތު ދީގެން، ފައިސާ ބަހައިގެން ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޔާމީން ވިދާޅުވީ މުއިއްޒު ކަންކަން ކުރައްވަނީ ރައްޔިތުންގެ ތާއީދު ހޯއްދަވައިގެންނެއް ނޫން ކަމުގައެވެ.

"އެއީކީ ރައްޔިތުންގެ ތާއީދު ހޯދައިގެން، ރައްޔިތުންނަށް، ރައްޔިތުން ގަބޫލު ކުރާ މަޝްރޫއެއް، ސިޔާސަތެއް، ވިއްކައިގެން ކުރާ ކަމެއް ނޫން،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މުއިއްޒު ކުރައްވާ ކަންކަން ކުރައްވަނީ ފައިސާގެ ބާރުގައި ކަމަށެވެ.  

ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމްގެ) ދޫކޮށްލެވި ސަބަބު ކިޔައިދެއްވަމުން ޔާމީން، ވިދާޅުވީ، ޕީޕީއެމް ސެނެޓަކީ ޑރ. މުއިއްޒު ބައްލަވައިގަތްފައިވާ އެއްޗެއް ކަމަށާއި، އެހެން އެކަންވީ ސެނެޓްގެ ގިނަ ބޭފުޅުންނަކީ ސިޓީ ކައުންސިލުން މުއިއްޒު ވަޒީފާ ދެއްވާފައި ތިބި ބޭފުޅުންނަށް ވީތީ ކަމުގައެވެ.

އެކަން އެހެން އޮތުމާއެކު ޕީޕީއެމްގެ ތެރޭގައި ހުންނަވައިގެން އެއްވެސް ކަމެއް ކުރައްވާކަށް ގާނޫނީ ޖާގައެއް ލިބިވަޑައިނުގެންނެވި ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ފާހަގަ ކުރެއްވި ގޮތުގައި ޕީޕީއެމްގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ޣައްސާން މައުމޫން އާއި އަހްމަދު ޝިޔާމް ތިއްބެވީ ޕީޕީއެމްގެ ހުރިހާ އުސޫލްތަކަށް ޣައްދާރުވެފައި ކަމަށެވެ.

އެބޭފުޅުންނަށް މުހިންމުވީ ސަރުކާރުގެ ވަޒީރުންގެ މަގާމު ކަމަށާއި ޕީޕީއެމް އިން އެންމެ ކެންޑިޑޭޓެއްގެ މިންވަރުވެސް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ދައްކާލަން ބޭނުން ނުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި މިހާރު ހުންނެވި އަބްދުއްރަހީމް އާއި ރައީސް މުއިއްޒުގެ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ނޫން ގޮތަކަށް ކެންޑިޑޭޓުން ނުނެރެން އެންގެވުމުން ކަމުގައެވެ.

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެން ސިޔާސީ އައު ޕާޓީއެއް ހައްދަވަން ނިންމެވި ނިންމެވުމުގެ ވާހަކައިގެ ތަފްސީލަށް ވަޑައިގަންނަވުން، އެމަނިކުފާނު ފަހުން އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާއެއްގައި ހުކުރުވިލޭރޭ ވިދާޅުވީ، ރައީސް މުއިއްޒުގެ ގެކޮޅު ދިމްޔާތުގައި ވަކި އޮފީހެއް ހަދައިގެން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އެތަނުގައި އުޅުއްވަން ފެއްޓެވި ހިސާބުން ޕީޕީއެމްގެ ކަންކަން ހިންގޭ ގޮތް ނުވެގެން ވަގުތީ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް މަލީހް ޖަމާލު އިސްކުރުމުން އޭނާގެ ސުލޫކީ މައްސަލައެއް، ސުލޫކީ ކޮމިޓީއަށް ޣައްސާން މައުމޫން އާއި އަހްމަދު ޝިޔާމް ހުށަހެޅުއްވި ކަމަށެވެ.

"އެއީ ސުލޫކީ ކޮމިޓީއަށް ބެލޭނެ މައްސަލައެއް ނޫން، އެއީ ދާއިމީ މަގާމެއްގެ ހުރި މީހެއް ނޫން މަލީހް އަކީ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމްގެ ފަލްސަފާއާ އެއްގޮތައް އެއްވެސް ކަމެއް ކުރައްވަން އެމަނިކުފާނަށް ޖާގަ ނުދޭނެ ކަން އެހިސާބުން އެނގިވަޑައިގެންނެވި ކަމަށެވެ.

ޔާމީން ވިދާޅުވީ އެގޮތައް ކަންކުރަމުންވެސް ޕީއެންސީގެ އިސްބޭފުޅުން އެމަނިކުފާނާ ބައްދަލު ކުރައްވާ ކަންކަން އެބަ ރަނގަޅުވާ ކަމަށް ވިދާޅުވެ އޭގެ ތެރޭގައި އެމަނިކުފާނު ބަހައްޓައިގެން ކަންކަން ކުރަން އެފަރާތްތަކުން މަސައްކަތް ކުރިކަމަށެވެ.

"އަޅުގަނޑު އެމީހުންނަށް ވުރެ ދޮށިވާނެ، ސިޔާސީ ކަންކަމުގަވެސް، އަޅުގަނޑު ބޭނުން ނުވީ އެއްބާރުލުން ދޭން،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ޕީޕީއެމް ދޫކޮށްލެއްވި އިރު އެ ޕާޓީ ހިންގަން އެމަނިކުފާނު އުފެއްދެވި ސްޓިއަރިން ކޮމިޓީގެ މައްސަލަ ހޫނުވެ ރައީސް ޔާމީންއާ އެކު އެ މަސައްކަތުގައި އުޅުއްވި ބައެއް ފަރާތްތައް ޕާޓީ ކަނޑާލުމަށް އޮތީ ނިންމާފައެވެ.

- ކޮމެންޓް