ކ. މާލެ
|
10 ސެޕްޓެންބަރ 2024 | އަންގާރަ 10:55
އިސްރާއީލާ ދެކޮޅަށް އިޓަލީން ކުޅުނު މެޗުގެ ތެރެއިން
އިސްރާއީލާ ދެކޮޅަށް އިޓަލީން ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ޔުއެފާ ނޭޝަންސް ލީގު
އިސްރާއީލް ބަލިކޮށް، އިޓަލީ އެއް ވަނަ އަށް
މޮޅާއެކު އިޓަލީގެ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓު ހޯދައިގެންނެވެ.

ޔުއެފާ ނޭޝަންސް ލީގު އޭގެ، ގްރޫޕް ދޭއްގައި އިސްރާއީލާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިޓަލީން ގްރޫޕްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު އިޓަލީން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އިޓަލީން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. އިސްރާާއީލްގެ ހަމައެކަނި ލަނޑު އެ ޓީމުން ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި އިސްރާއީލަށް ލީޑު ނަގައިދިނީ ޑޭވިޑް ފްރަޓޭސީ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ފެޑެރިކޯ ޑިމާކޯ އެވެ. ދެ ވަނަ ހާފު ފަށައިގެން މެޗުގެ 62 ވަނަ މިނެޓުގައި އިޓަލީގެ ދެ ވަނަ ލަނޑު ޖަހައި، އެ ޓީމުގެ ލީޑު ފުޅާ ކޮށްދިނީ މޮއިސް ކީން އެވެ. އޭނާ އެ ލަނޑު ޖެހީ ޖިއަކޯމޯ ރަސްޕަޑޯރީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި އިސްރާއީލްގެ ހަމައެކަނި ލަނޑު 90 ވަނަ މިނެޓުގައި ޖެހީ މުޙައްމަދު އަބޫ ފާނީ އެވެ.

މޮޅާއެކު އިޓަލީގެ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓު ހޯދައިގެންނެވެ. ތިން ވަނަ މެޗުގައި އިޓަލީ ނިކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ. ގުރޫޕުގައި ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗު ވެސް އިޓަލީން ވަނީ ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް