Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2024 | ހޯމަ 18:03
ހަށިވިއްކަން ދައުވަތު ދީގެން ގޮސް ފޭރުމުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައި
ހަށިވިއްކަން ދައުވަތު ދީގެން ގޮސް ފޭރުމުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައި
ރާއްޖެއެމްވީ
ފޭރުމުގެ މައްސަލަ
ބޮލުގައި ޓިއުމަރެއް ހުރެގެން ޑޮކްޓަރަށް ދައްކަން ހިފި ކުލީ ކޮޓަރިއަށް ވައްދަނީ ހަށިގަންނަ މީހުން، ބައިލައްކަ ރުފިޔާ ފޭރިގަތީވެސް ހަށިގަންނަން ދިއުމުން
މި މައްސަލައިގައި ހިމެނެނީ 27 އަހަރުގެ އަންހެނަކާއި 41 އަހަރުގެ ފިރިހެނެއް
53،000 ރުފިޔާ ފޭރިގަތީ ހަށިގަންނަން ދިއުމުން
އޮގަސްޓް/ސެޕްޓެމްބަރުގައި އެކަނިވެސް 6 މައްސަލަ

އައިޖީއެމްއެޗް ކައިރިން ކުއްޔައް ހިފާފައި ހުރި ކޮޓަރިއަކަށް ގެންގޮސް 53،000 ރުފިޔާއާއި ސާމާނު ފޭރިގަތީ، ހަށިވިއްކުމަށް ދައުވަތު ދީގެން ގެންގޮސް ކަމަށާއި، އެފަދަ 6 ހާދިސާއެއް މި މަހާއި މިދިޔަ މަހުގެ ތެރޭގައި އެކަނިވެސް ހިނގާފައިވާކަން ހާމަވެއްޖެއެވެ.

ހަށިވިއްކުމަށް ދައުވަތު ދީގެން ގެންގޮސް ފޭރުނު މައްސަލައެއް ފުލުހުން ހަމަކޮށްފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އަދި މި މައްސަލައިގައި 27 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ. ހައްޔަރުކޮށް މި މައްސަލައިގައި ބަންދުކޮށްފައިވަނީ ސ. މަރަދޫ ކުންނާރުގެ، އައިޝަތު މަލްޖާ މޫސާދީދީއެވެ.

Advertisement

މިކަމާއި ގުޅިގެން ފުލުހުން ބުނީ 26 ވަނަ ދުވަހުގެ ރޭގަނޑު 9:30 ހާއިރު އައިޖީއެމްއެޗް ކައިރިން ފިރިހެނެއް ހުއްޓުވާ އޭނާ އަށް ރޫމްއަކަށް ދިއުމަށް ދައުވަތު ދިނުމަށްފަހު، މާފަންނު މުރަނގަ މަގުގައި ހުރި ގެސްޓްހައުސް އަކަށް ގެންގޮސް އިތުރު ފިރިހެނަކާއި ބައިވެރިވެގެން ދިވެހި ފިރިހެން މީހާ ރަހީނުކޮށް އޭނާގެ ފޯނާއި ކޭޝްކާޑު އަތުލާ އޭނާގެ އެކައުންޓުން 53،000 ރުފިޔާ ފޭރިގަނެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ދެން ހިމެނެނީ 41 އަހަރުގެ ދިވެހި ފިރިހެނެވެ. އޭނާގެ ބަންދަށް އާދީއްތަ ދުވަހު 15 ދުވަސް ދީފައިވެއެވެ. ހައްޔަރުކޮށް ބަންދުކޮށްފައިވަނީ ގއ. ކަނޑުހުޅުދޫ، ވިދާތަރި، އިކްލީލް އިބްރާހިމްއެވެ.

ފުލުހުން ދީފައިވާ މައުލޫމާތަށް ބަލާއިރު، ގެސްޓްހައުސްއަށް މިމީހާ އާއި، އިތުރު މީހާކު ބައިވެރިވެގެން މީހަކު ވައްދާ، ވަޅިން ބިރުދައްކައި، ބޭންކް އެޕްލިކޭޝަން މެދުވެރިކޮށް ކޭޝްކާޑް މެދުވެރިކޮށް 53،000 ރުފިޔާ ފޭރިގަނެފައިވެއެވެ. އަދި މައްޗަށްގޮޅީގައި ހުންނަ ގެއެއްގައި ފިރިހެން މީހާ ދިރިއުޅުނު ނަމަވެސް، އައިޖީއެމްއެޗްކައިރިން ކުއްޔަށް ކޮޓަރިއެއް ނަގައިގެން އުޅެނީ ބްރެއިން ޓިއުމަރެއްގެ މައްސަލައިގައި ހޮސްޕިޓަލަށް ދައްކަންޖެހޭތީއެވެ.

މީގެ އިތުރުން ހަށިވިއްކަން ބޭނުންކުރާ ކޮޓަރިއަށް އިތުރު މީހުންވެސް އަންނަކަން ހާމަވެފައިވާއިރު، މި ފިރިހެން މީހާއާއި ގުޅޭ އިންޓެލިޖެންސް ރިޕޯޓުގައިވާގޮތުން ހަށިވިއްކުމުގެ ވިޔަފާރީގައި ބައިވެރިވާކަމަށް ތުހުކުމަތުކުރެވޭ އަންހެން މީހާއެކު، މި މީހާ ވަނީ ހަށިގަތުމަށް ގުޅާ ފަރާތްތަށް ކޮޓަރިއަށް ގެނެސް ބިރުދައްކާ ފައިސާ ފޭރިފައެވެ.

އެގޮތުން މި އަހަރުގެ އޮގަސްޓް/ސެޕްޓެމްބަރު ގައި އެކަނިވެސް މިފަދަ 6 އިންސިޑެންޓެއް ހިނގާފައިވެއެވެ.

އޮގަސްޓް 26 ވަނަ ދުވަހު ހަށިވިއްކުމަށް ދައުވަތު ދީގެން ދިވެހި ފިރިހެނަކު ގެންގޮސް އެމީހާއަށް ވަޅިން ބިރުދައްކާ ފައިސާއާއި ތަކެތި އަތުލާފައިވާއިރު، އޭނާގެ އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން ގިނަ ފައިސާ ޖަމާކޮށްފައިވަނީ ހަށިވިއްކުމުގައި ހަރަކާތްތެރިވާ 41 އަހަރުގެ ފިރިހެން މީހާގެ އެމްއައިބީ އެކައުންޓަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް