Advertisement
ކ. މާލެ
|
14 ޖުލައި 2025 | ހޯމަ 18:01
މާލޭގައި ރޭގައި ހިނގި ނުރައްކާތެރި އެކސްިޑެންޓް
މާލޭގައި ރޭގައި ހިނގި ނުރައްކާތެރި އެކސްިޑެންޓް
ރާއްޖެއެމްވީ
އެކްސިޑެންޓު
ރޭގެ އެކްސިޑެންޓް: ދުވަން ނިކުމެ އުޅުނު މީހާގެ ސިކުނޑިއަށް ލޭ އެޅި ވެންޓިލޭޓަރުގައި ފަރުވާދެނީ
އާދިއްތަ ދުވަހުގެ ރޭގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލުން ޖެހުނު 40 އަހަރުގެ މީހާގެ ހާލަތު ކްރިޓިކަލްވެ ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި

މާފަންނު ބަސް ޓާމިނަލް ކައިރީ ބޮޑުތަކުރުފާނުމަގުގައި އާދިއްތަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި އުމުުރުން 40 އަހަރުގެ މީހާއަށް އައިޖީއެމްއެޗްގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާދޭން ފަށައިފިއެވެ.

މިކަން އައިޖީއެމްއެޗުން މީޑިއާއަށް ކަށަވަރުކޮށްދީފައިވާއިރު، އެމީހާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އެގޮތުން އެމީހާގެ ސިކުނޑިއަށް ލޭ އެޅުމުގެ އިތުރުންވެސް ޒަހަމްތައް ވަނީ ލިބިފައެވެ.

އެމީހާ ސައިކަލްގައި ޖެހުނީ ކަސްރަތަށް ދުވަން ނިކުމެ، މަގުހުރަސްކުރަން އުޅުމުގެ ތެރޭގައެވެ. އެކްސިޑެންޓްގައި ސައިކަލުގައި އިން ދެ ޒުވާނުންގެ ތެރެއިން އެކަކު ނިޔާވެފައިވާއިރު، އަނެއް ޒުވާނާއަށް ވޯޑުގައި ބާއްވައިގެން ދަނީ ފަރުވާދެމުންނެވެ. އެ ޒުވާނާގެ ހާލުވެސް ސީރިއަސްއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ރާއްޖެ އެމްވީއަށް ބުނީ، އެކްސިޑެއްޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން 40 އަހަރުގެ މީހާ އަށް މިވަގުތު ފަރުވާދެމުން ގެންދަނީ ވެންޓިލޭޓަރުގައި ކަމަށާއި މިވަގުތު އޭނާގެ ހާލަތު ކްރިޓިކަލް ކަމުން އިތުރު އެއްޗެއް ދަންނަވަން ދަތި ކަމަށެވެ.

ރޭ މި އެކްސިޑެންޓް ހިނގާފައިވަނީ ދުވަން ނިކުމެ އުޅުނު މީހަކު ކުއްލިއަކަށް މަގުހުރަސްކުރަން އުޅުމުގެ ތެރޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިއަ ސައިކަލެއްގައި ޖެހިގެންނެވެ. ސައިކަލް ވެއްޓުމާއެކު ޖެހިގެންއޮތް ލޭނަށް ކަހާލައިގެން ދިޔަވަގުތު ވަނީ ޕިކަޕެއްގައިވެސް ޖެހިފައެވެ. ޕިކަޕް ވަގުތުން ކޮންޓްރޯލްކުރި ނަމަވެސް ސައިކަލް އޮތީ ޕިކަޕްގެ ދަށުގައެވެ.

އާދިއްތަ ދުވަހުގެ ރޭ 8:15 ހާއިރު ހިނގި މި އެކްސިޑެންޓުގައި ނިޔާވީ ސައިކަލު ދުއްވަން އިން 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދެވެ. އޭނާ އަކީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމަ އެކަނި ދަރިފުޅެވެ.

ފުލުހުން ދަނީ އެކްސިޑެންޓް ތަހްގީގުކުރަމުންނެވެ. ނިޔާވި ޔޫސުފް އަލްސަން މުހައްމަދު (އަލް) ގެ ޖަނާޒާ، ހޯމަ ދުވަހުގެ އަސުރު ނަމާދަށް ފަހު ވަނީ ބާއްވާފައެވެ.

- ކޮމެންޓް