Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2024 | ހޯމަ 10:33
ކްރައިމް ސީނެއް ކަން އަންގައިދޭ ޓޭޕް ދަމާފައި
ކްރައިމް ސީނެއް ކަން އަންގައިދޭ ޓޭޕް ދަމާފައި
ރާއްޖެއެމްވީ
ޒަޚަމްތަކާއެކު އޮތް މީހަކު ފެނުން
ހެންވޭރު ގެސްޓްހައުސްއެއްގެ ކޮޓަރިއަކުން ޒަޚަމްތަކާއެކު އޮތް މީހަކު ފެނިއްޖެ
އެއީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެއް
ފަރުވާ ދެމުން ދަނީ އައިސީޔޫގައި
ޚަބަރުގެ އޯޑިއޯ

ހެންވޭރު ގެސްޓްހައުސްއެއްގެ ކޮޓަރިއަކުން ޒަޚަމްތަކާއެކު އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، އެ ސަރަހައްދަށް ފުލުހުން ގޮސްފައިވަނީ، ހޯމަ ދުވަހު ހެންވޭރު ގެސްޓުހައުސްގެ ކޮޓަރިއެއްގައި އުޅޭ މީހެއްގެ ޚަބަރެއް ނުވާކަމަަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

Advertisement

ފުލުހުން އެ ކޮޓަރިއަށް ވަދެ ބެލިއިރު، ޒަޚަމްތަކާއެކު އޮތް މީހަކު ފެނިފައިވާ ކަމަށާއި، އެއީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މިހާރު އޭނާ ވަނީ ފަރުވާ ދިނުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ އަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށް ފުލުހުންނަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް