ކ. މާލެ
|
7 ސެޕްޓެންބަރ 2024 | ހޮނިހިރު 15:39
އޯމާން ކަނޑުގައި އޮތް ތެޔޮ ޓޭންކަރެއްގައި ހިފައިގަތް އަލިފާން ނިއްވުމަށް އީރާނުގެ ކަނޑުގެ ބޯޓަކުން ފެން ޖަހަނީ (ފައިލް ފޮޓޯ)
އޯމާން ކަނޑުގައި އޮތް ތެޔޮ ޓޭންކަރެއްގައި ހިފައިގަތް އަލިފާން ނިއްވުމަށް އީރާނުގެ ކަނޑުގެ ބޯޓަކުން ފެން ޖަހަނީ (ފައިލް ފޮޓޯ)
އޭޕީ
މެދުއިރުމަތީގެ ހަމަނުޖެހުން
އިޒްރޭލުން އީރާނުގެ ޓޭންކަރުތަކަށް އަމާޒުކޮށް ދިން ކަނޑުމަތީ ހަމަލާއާ އެކު މަސްރަހް ހޫނުވެއްޖެ
އިޒްރޭލުން މިހަމަލާތައް ދިނުމާއެކު އީރާނުން ރައްދުގައި އިޒްރޭލުގެ 12 ބޯޓަކަށް އަމާޒުކޮށް ހަމަލާ ދީފި

އިޒްރޭލުން އީރާނުގެ ޓޭންކަރުތަކަށް އަމާޒުކޮށް ދިން ހަމަލާ އާ އެކު ދެ ގައުމުގެ ދެމެދުގައި މަސްރަހް ހޫނު ވެއްޖެއެވެ.

މައްސަލަ ހޫނުވީ ރަތްކަނޑާއި މެޑިޓެރޭނިއަން ކަނޑުން ދަތުރުކުރި އީރާނުގެ 14 ބޯޓަކަށް އިޒްރޭލުން ކުއްލި ގޮތަކަށް ހަމަލާތަކެއް ދިން ހިސާބުންނެވެ.

އިޒްރޭލުން މިހަމަލާތައް ދިނުމާއެކު، އީރާނުން ވަނީ އިޒްރޭލުގެ 12 ބޯޓަކަށް އަމާޒުކޮށް ހަމަލާ ދީފައެވެ. އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ އިސްވެރިޔާ ވިދާޅުވި ގޮތުގައި އީރާނުން އިޒްރޭލްގެ 5 ވަނަ ޓޭންކަރަށް ހަމަލާދިނުމާއެކު ހަމަލާތާއް ހުއްޓާލުމަށް އިޒްރޭލުން އެދިފައިވެއެވެ.

އިޒްރޭލާއި އީރާނާއި ދެމެދު މަސްރަހު ގޯސްވެފައިވަނީ ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ އިރާނުގައި ހުންނަވަނިކޮށް ޖުލައި މަހުގެ 31 ވަަނަ ދުވަހު އިޒްރޭލުން ހަމަލާދީ އަވަހަރާ ކޮށްލުމާ ގުޅިގެންނެވެ. މި ހަމަލާ އާ ގުޅިގެން އީރާނުން ވަނީ އޭގެ ބަދަލު ހިފުމަށް އިޒްރޭލަށް ގަދަފަދަ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

- ކޮމެންޓް